އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެ ކުންފުނީގެ ހޯލްސޭލް ސެންޓަރުގައި މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ހޯލްސޭލް ސެންޓަރުން ވިއްކާ ހުރިހާ އުފެއްދުން ތަކަކުން ވެސް ޚާއްޞަ އޮފާތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު، ހޯލްސޭލް ސެންޓަރުގައި ހުޅުވުމުގެތެރެއިން --- ސަންފޮޓޯ/ މުހައްމަދު ހައްޔާން
އެގޮތުން ގަންނަ ކޮންމެ ކްރޫގާ ޕާސްތާ ނޫސާ ދެ ކޭހަކަށް އޭގެ ޑާކް ޗޮކްލެޓް ކޭހެއް ހިލޭ ލިބެއެވެ. އަދި، ނަސީބުވެރި ތިން ފަރާތަކަށް ރަށު ޕިކަޕެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯ އިން ބުނީ އިނާމަކަށް ރަށު ޕިކަޕެއް ދޭން ނިންމީ އެއީ ރަށްރަށުގައި ތިބި ގިނަ ކަސްޓަމަރުންނަށް އެއީ މުހިއްމު އެއްޗަކަށް ވާނެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު، ހޯލްސޭލް ސެންޓަރުގައި ހުޅުވުމުގެތެރެއިން --- ސަންފޮޓޯ/ މުހައްމަދު ހައްޔާން
ރަމަޒާން ބާޒާރު ޕްރޮމޯޝަން މިހާރު ވަނީ އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް ފިހާރައިގައި ވެސް ފަށައިފައެވެ. އެ ފިހާރައިގައި ވިއްކާ މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭއިރު، އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް ދުބާއީ ދެކޮޅު ޓިކެޓުު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު މަރާމާތު ކުރަމުން އަންނަ އެސްޓީއޯ ސުޕަމާޓުގައި ވެސް މަރާމާތު ނިމުމުން ރަމަޒާން ބާޒާރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕްރޮމޯޝަން މި މަހުގެ ތެރޭ ފެށޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.