MTCC
Dhiraagu

އަސްހަދު ރާއްޖޭގައި ނެތްކަން އަންގައި، ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

އަސްހަދު އަލީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު ޢަލީގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރަން އޭނާ ހައްޔަރު ކޮށްދޭން އެދުމުން އޭނާ ރާއްޖޭގައި ނެތްކަން ފުލުހުން ކަރެކްޝަނަލް ސާވިސްއަށް އަންގައިފިއެވެ.

ADK GENERAl

ޢަލީ ވަހީދު ރާއްޖެ އަންނަން ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ އައިސްފައި ނުވާތީ އެ މައްސަލައިގައި ޖާމިނުވި އަސްހަދުގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިމަހު ދެ ވަނަ ދުވަހުއެވެ.

ހުކުމް އިއްވިއިރު އަސްހަދު ހުރީ ޢަލީ ވަހީދު ދިރިއުޅުއްވާ އިނގިރޭސިވިލާތުގައެވެ. އެހެންކަމުން ހުކުމް ތަންފީޒު ކުރުމަށް އޭނާ ގެނެސް ދިނުމަށް އެ ދުވަހު ކަރެކްޝަނަލް ސާވިސްއިން ވަނީ ފުލުހުގައި އެދިފައެވެ.

https://sun.mv/161866

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބެލިބެލުމުން އަސްހަދު ރާއްޖޭގައި ނެތްކަން ފާހަގަ ކުރެވިފައިވާތީ އެކަން ކަރެކްޝަނަށް އަންގާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެނގިފައިވާގޮތުގައި އަސްހަދު ހޯދުމުގެ އިތުރު މަސައްކަތެއް ފުލުހުން ނުކުރެއެވެ. ކަރެކްޝަންސްގެ އެދުމަށް ބެލީ އޭނާ ރާއްޖޭގައި ހުރިތޯއެވެ. ދެން އިތުރަށް އޭނާ ހޯދުމުގެ މަސައްކަތް ފަށާނީ އަނެއްކާ ވެސް ކަރެކްޝަންސްއިން އެދެމުންނެވެ.

އެކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އަސްހަދަށް ހުކުމް އިއްވިއިރު އޭނާ ރާއްޖޭން ފުރާފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ. ބުނި މުއްދަތަށް ޢަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމުން އަސްހަދަށް ފިޔަވަޅު އަޅަން ޖެހުނު ނަމަވެސް އެކަމުގައި ވަކި ގޮތެއް ނުނިންމައި ގިނަ ދުވަސްތަކެއްވިއެވެ. އެންމެ ފަހުން ކޯޓުން ހުކުމް ކުރިއިރު އަސްހަދު ރާއްޖެއަކު ނެތެވެ.

ޖަލު ހުކުމް ތަންފީޒު ކުރުމަށް ޢަލީ ވަހީދު ވެސް ރާއްޖެ ގެނެސް ދިނުމަށް ފުލުސް އޮފީހުގައި އެދިފައިވާތާ އެތައް މަހެއް ވެފައިވާއިރު ވެސް މިހާތަނަށް އެކަން ވެފައެއް ނުވެއެވެ.

މިއީ ކޮން މައްސަލައެއް؟

ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު ޢަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ ޢަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

ޢަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ. ޖާމިނުވި ފަރާތަކީ އަސްހަދުއެވެ.

އަސްހަދު ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން ޢަލީވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

އެއާއެކު ޢަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފައެވެ.

ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް ޢަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

Redstar
comment ކޮމެންޓް

comment އޯނޯ

3 year 2 month ago

ޔޫ ޑޯންޓް ސޭ... އޯ ނޯ

comment އަހައްމަދޫ

3 year 2 month ago

އަޅޭ މިއޮތް އުޅޭ ނާގާބިލު ބަޔެއް. އޭނާ ހަމަ ފުރައިގެންދާއިރުވެސް އެއްވެސް މުއައްސަސާ އަކަށްވެސް ހަމަ ނޭގެނީތަ. ހަމަ ދިޔަތަނެއް ވެސް ނޭގެނީތަ. މިއޮތް ޒަމާނުގައި. ގައިމު ކޮންމެވެސް ތާކުން ޓިކެޓް ނަގައިގެން އިމިގްރޭށަނަށް އެނގިގެންދޯ ބޭރުވެވޭނީ. އެހެން ނޫނީ ދެން ބޮއްކުރާއެއްގައި ތިދާތާކަށް ދޯދެވޭނީ.

comment ޒަހީ

3 year 2 month ago

ކޮންފަދަ ނުބައި ނުލަފާ ސަރުކާރެއްތަ. މިޑްރާމާއަކީ ސަރުކާރާ މިނޫސްވެރިންނާ ގުޅިގެން ރައްޔިތުންނަށް އޮޅުވާލުމަށް ހިންގާ ކަންތައްތަކެއް. ހެއްދެވި ފަރާތަށް ބިރުވެތިވެބަލަ