މިއަދުގެ ޕޮޒިޓިވް އަދަދު ވެސް 100 އިން މަތީގައި، މާލެއިން 25 މީހުން

ޖުލައި 15، 2021: މާލޭގައި ކޮވިޑް ސާމްޕަލް ނަގަނީ: މިއަދު ޕޮޒިޓިވްވީ 102 މީހުން -- ސަން ފޮޓޯ/ފަޔާޒް މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 102 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލަށް ނެގި 884 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 25 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 72 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން އަލަށް ޕޮޒިޓިވް ވެފައިވަނީ 05 މީހުންނެވެ.

ކޮވިޑް ޖެހިގެން 19 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 92،095އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން މުޅީން ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 90،103 ގައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،726ގައެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް 251 މީހަކު މަރުވެފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވް އަދަދު 100 އިން މަތީގައި ހުންނަތާ މިއަދަށް މިއީ ހަ ވަނަ ދުވަހެވެ. މި ފަހުން 100 އިން ދަށް ވެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަދަދު ހުރީ 79 ގައެވެ. އަދިވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. މާލޭގެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

comment ކޮމެންޓް