ވިިހި މިލިއަން ރުފިޔާއަށް ދެ ރަށެއްގައި ކްލާސްރޫމް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީން ލ. މާވަށް އަދި ށ. ފޭދޫ ސްކޫލް ކްލާސްރޫމް މަސައްކަތް ހަވާލުކޮށްފައިވަނީ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުން --

ދެ ރަށެއްގެ ސްކޫލުގައި ކްލާސްރޫމުގެ އިތުރުން މަލްޓި ޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

މަސައްކަތް ހަވާލުކުރުމަށް މިއަދު މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަބްދުއްރަހްމާނެވެ.

އެ މިނިސްޓްރީން އެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ ށ. ފޭދޫ ސްކޫލުގައި ކުލާސްރޫމުތަކަކާއި މަލްޓި ޕާޕަސް ހޯލެއް އެޅުމަށެވެ. އަދި ލ. މާވަށު ސްކޫލުގައި ކުލާސްރޫމުތަކެއް އެޅުމަށެވެ.

އެގޮތުން ފޭދޫ ސްކޫލްގައި އަޅާނީ ޖުމްލަ އަށް ކްލާސްރޫމެވެ. އަދި މަލްޓި ޕާޕަސް ހޯލެކެވެ. މި މަސައްކަތަށް ޖުމްލަ 11.65 މިލިއަން ރުފިޔާ ހަރަދުކުރާނެއެެވެ. އަދި 360 ދުވަހުގެ ތެރޭގައި މަަސައްކަތް ނިންމަން ޖެހޭނެއެވެ.

މާވަށު ސްކޫލްގައި ކުރާނީ ނުވަ ކުލާސްރޫމް އެޅުުމުގެ މަސައްކަތެވެ. މި މަސައްކަތް ވެސް 360 ދުވަހުގެ ތެރޭ ނިންމަން ޖެހޭނެއެވެ. މި މަސައްކަތަށް ޖުމްލަ ނުވަ މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.

މިއީ މި އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް