އަކްޝޭއާއި ކެޓްރީނާގެ އާ ފިލްމު ސޫރިޔާވަންޝީ ލީކުވެއްޖެ

ސޫރިޔާވަންޝީ ފިލްމު

އަކްޝޭ ކުމާރު އަދި ކެޓްރީނާ ކައިފް ލީޑް ރޯލެއް ކުޅެފައިވާ 'ސޫރިޔަވަންޝީ" ފިލްމު ލީކު ވެއްޖެއެވެ.

މި ފިލުމުގެ ލީކުވެފައިވަނީ ތެލެގްރާމުންނާއި އެނޫންވެސް ސައިޓްތަކުން އޮންލައިންކޮށް އެޗްޑީކޮށް ފްރީ ޑައުލްލޯޑް ކުރެވޭ ގޮތަށް ކަމަށް ބޭރުގެ މީޑިއާ ތަކުން ބުނެއެވެ. އެގޮތުން ޓަމިލްރޮކާސް އަދި މޫވީރަލްޒް އިން މި ފިލްމު ފްރީ ޑައުންލޯޑް ކުރެވޭނެ ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެއެވެ.

މި ފިލުމަކީ މިފަހުގެ ތާރީހެއްގައި ބޮލީވުޑުން ފެނިގެންދާ ކޮޕް ޑްރާމާ ފިލުމަކަށްވާއިރު މިއީ ބޮލީވުޑު ފިލްމު އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

މި ފިލުމަކީ އިއްޔެ ސިނަމާތަކުން އަޅުވާފައިވާ އިރު މި ފިލްމު ލީކު ވީ ސިނަމާތަކުން އެޅުވި ފަހުން އެއް ގަޑިއިރު ތެރޭގައި ކަމަށް ހަބަރު ތަކުން ބުނެއެވެ.

މި ފިލްމު ރިލީޒް ކުރުމުގައި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ނަމަވެސް މި ފިލްމު ލީކު ވުމަކީ ބޮލީވުޑް ބޮކްސް އޮފީސް އަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް ބޭރުގެ ރިޕޯޓް ތަކުން ބުނެއެވެ.

ސޫރިޔާވަންޝީގެ ޓްރެއިލާއަށް ވެސް ވަނީ ބޮޑު ތަރުހީބެއް ފޭނުންގެ ފަރާތުން ލިބިފައެވެ.

މީގެ އިތުރުން މި ފިލްމު ބެލި މީހުން ވެސް އަންނަނީ އެ ފިލްމުގައި އަކްޝޭ އަދި ކެޓްރީނާ ގެ ފަރާތުން ފެނުނު މޮޅު ހުނަރަށް ތައުރީފުކޮސް ސޯޝަލް މީޑިއާގައި ތައުރީފް ކުރަމުންނެވެ.

ރޯހިތު ޝެޓީ ޑައިރެކްޓުކުރި މި ފިލްމުން ބޮލީވުޑުގެ މަޝްހޫރު ތަރި އަޖޭދޭވްގަންގެ އިތުރުން ރަންވީރު ސިންގު ވެސް ފެނިފައިވެއެވެ.

މި ފިލްމުން ބޮލީވުޑުގެ އެންމެ މޮޅު އަދި ހުނަރުވެރި ހަތަރު ފަންނާނުން ފެނިގެންދާއިރު ބޮލީވުޑުގެ ފިލްމުތަކަށް ލޯބިކުރާ މީހުން ތިބީ މި ފިލްމަށް ކެތްމަދުވެފައެވެ.

ހަމައެހެންމެ އިއްޔެ ހުޅުމާލޭ ޝްވެކް ސިނަމާގައި ވަނީ މި ފިލްމު އަޅުވާފައެވެ.

އަކްޝޭގެ މި ފިލްމު ނޫނަސް ނޮވެމްބަރު ހަތަރެއްގައި ނެރުނު ރަޖްނިކަތުގެ "އަންނާތޭ" ވެސް ވަނީ ލީކުވެފައެވެ. އަދި ސޫރިޔާގެ ޖައި ބިމް ވެސް ވަނީ އޮންލައިންކޮށް އެޗްޑީކޮށް ޑައުންލޯޑް ކުރެވޭގޮތަށް ލީކު ވެފައެވެ.

މި ފިލްމުތައް ލީކު ވާން ދިމާވި ސަބަބެއް އަދި ދެނެގަނެވިފައި ނުވާއިރު އެކަން ހިނގައިދިޔަ ގޮތް އަންނަނީ ބޮލީވުޑުގެ އިންޑަސްޓްރީން ބަލަމުން ކަމުގައި އެ އިންޑަސްޓްރީން ބުނެއެވެ.

comment ކޮމެންޓް