ތޫނު އެއްޗަކުން ބިރު ދައްކައިގެން ނުވަލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

މީގެ ކުރިން ފޭރިގަނެގެން ގެންދިޔަ ފައިސާ އަދި އެމީހާ އަޅައިގެން ހުރި ހެލްޕެޓް ފުލުހުން ހޯދާފައި: ނުވަލައްކަ ރުފިޔާ ފޭރުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފައި -- ފޮޓޯ/ ފުލުހުން

ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު ނުވަ ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ ގ. ހިޔަރޯދި، މުހައްމަދު ޝަމްއާން ސަލީމް އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްދީފަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކޯޓުއަމުރުގައި ބުނެފައިވާ ގޮތުން ޝަމްއާން އަކީ ކުށުގެ ރިކޯޑް ގިނަ ފަރާތެކެވެ. އޭގެ ތެރޭގައި ފޭރުމުގެ ގިނަ މައްސަލަތަކެއް ހިމެނޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު، ނުވަލައްކައަށްވުރެން ގިނަ ފައިސާ އޭނާ ފޭރިގަނެފައިވަނީ އިތުރު ބަޔަކާ ގުޅިގެން ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ޝަމްއާންއާ އިތުރުބަޔަކާއި ގުޅިގެން ފޭރިގަނެފައިވަނީ އަމިއްލަ ކުންފުންޏެއްގެ ފައިސާތަކެވެ. އެ ފައިސާތައް އެމީހުން ފޭރިފައިވަނީ ހެންވޭރު ދަނޑުކައިރިން ކަމަށް ވެސް އެނގިފައިވެއެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް