އަކްޝޭގެ "ސޫރިޔަވަންޝީ" ނެރޭނީ ނޮވެމްބަރު މަހު

ފިލްމުން ފެނިގެންދާ ތަރިން---

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސޫރިޔަވަންޝީ" އަންނަ ނޮވެމްބަރު މަހު، އެގައުމުގައި ދިވާލީ ފާހަގަ ކުރާ ދުވަސްތަކާ ދިމާކޮށް ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކެޓްރީނާ ކެއިފް، ރަންވީރު ސިންހް އަދި އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކުގައި އަޅުވަން ނިންމީ މިދިޔަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑްގެ ރާޅާއެކު ސިނަމާތަށް ބަންދުކޮށް ފިލްމު އެޅުވުން ފަސްކުރީއެވެ. އޭގެ ފަހުން އިންޑިއާގައި ކޮވިޑް ކުޑަކޮށް މަތަވުމުން މިއަހަރުގެ އޭޕްރިލް މަހު 30 ގައި ފިލްމު ރިލީޒްކުރާ ގޮތަށް އިއުލާންކުރިއެވެ. ނަމަވެސް ކޮވިޑްގެ ދެވަނަ ރާޅާއެކު އެ ތާރީޚުގައި ވެސް ފިލްމު އެޅުވޭގޮތް ނުވީއެވެ.

މުމްބާއީގެ މަހަރާޝްތްރާ ސިޓީގެ ސިނަމާތަށް އަންނަ މަހުގެ 22 ވަނަ ދުވަހު ހުޅުވާއިރު ސޫރިޔަވަންޝީ ސިނަމާތަކަށް އަންނާނީ ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ.

ރޯހިތު ޝެޓީގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ މި ފިލްމު އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒްކުރަން އުޅޭ ވާހަކަވެސް ދެކެވުނެވެ. ނަމަވެސް ފިލްމުގެ ޓީމުން ބޭނުންވީ މި ފިލްމު ސިނަމާގައި އަޅުވާށެވެ.

"ސޫރިޔަވަންޝީ" އަކީ"'ސިންގަމް" އަދި "ސިމްބާ"ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް "ސިންގަމް" ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އެ ފިލްމުގައި އަކްޝޭފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގައި ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ.

މި ފިލްމު ދިވާލީގައި ރިލީޒްކުރަން ނިންމިއިރު އާމިރު ޚާން އާ ކަރީނާ ކަޕޫރު އެކުގައި ލީޑު ރޯލުން ފެނިގެންދާ "ލާލް ސިންހް ޗައްޑާ" ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14ގައި އަޅުވަން ފަސްކޮށްފައެވެ.

comment ކޮމެންޓް