ހުޅުމާލެ ފްލެޓުގައި ރޯވުން: ދެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި

ފްލެޓު ނަންބަރު 147 ގެ ތިންވަނަ ފަންގިފިލާގައި އަލިފާން ރޯވެފައި--- ސަން ފޮޓޯ

ހުޅުމާލޭ ފްލެޓެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ދެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ 147 ނަންބަރު ފްލެޓްގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ އެ ހާދިސާގައި ދެ އާއިލާއަކުން 13 މީހުން ހާލުގައި ޖެހުނު ކަމަށެވެ. އަދި އެމީހުންނަށް މިހާރު ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއް ތެރޭ އެމްއެންޑީއެފް އިން އަލިފާންގަނޑު ކޮންޓްރޯލު ކުރި ނަމަވެސް، އަލިފާން ހިފި ފަންގިފިލާ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

އެހެންނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

comment ކޮމެންޓް