ސިނަމާލެ ބްރިޖު މަތީ ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައިފި

ސިނަމާލެ ބްރިޖް --

ސިނަމާލެ ބްރިޖު މަތީ ނުރައްކާތެރި ދެ އެކްސިޑެންޓްއެއް ހިނގައިފިއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ލޭންގައި ދެ އެކްސިޑެންޓެއް މިއަދު ހަވީރު ހިނގާފައިވާކަމަށެވެ.

ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލްއެއް ޑިވައިޑާއެއްގައި ޖެހިގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އެއް އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖުގައި ދުއްވާފައި ދިޔަ ސައިކަލްއެއް ޑިވައިޑާގައި ޖެހިގެން. ސައިކަލް ދުއްވަން އިން މީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލް އަށް ގެންގޮސްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ދެ ކާރު ޖެހިގެން ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ދެ ކާރު ޖެހިގެން. މި އެކްސިޑެންޓްގައި ކާރުގައި އިން މީހަކަށް ވަނީ އަނިޔާވެފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ދެ އެކްސިޑެންޓްވެސް ހިނގާ ދިޔަ ގޮތް މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް