ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް ތަހުގީގުކުރަނީ

ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެން އެކި މީހުންގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކެއް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

އެ ފަރާތްތަކުން މީހުންގެ ސޯޝަލް މީޑިއާ ހެކްކުރުމަށްފަހު އެ އެކައުންޓްގެ ވެރިފަރާތުގެ ނަމުގައި އެހެން މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް މިފަހުން ވަނީ ސޯޝަލް މީޑިއާގައިވެސް އާންމުވެފައެވެ.

ފުލުހުން ބުނިގޮތުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރަން އެމީހުން ބޭނުންކުރާ އެކައުންޓްތަކެއް ހުރެއެވެ. އެ އެކައުންޓު ތަކުގެ ތެރެއިން ތިރީގައި މިވާ އެކައުންޓުތައް ފާހަގަ ކުރެވޭކަމަށް ފުލުހުން ބުންޏެވެ.

  • 7730000304660
  • 7730000089422
  • 7730000042772
  • 7730000364429
  • 7730000203888
  • 7770000000544

ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ނުވަތަ އެހެންވެސް ގޮތަކަށް މަތީގައިވާ އެކައުންޓަކަށް ނުވަތަ އެކައުންޓުތަކަކަށް ފައިސާ ޖަމާކުރެވިފައިވާ ނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ނޫސްބަޔާނެއްގައި އެދިފައެވެ.

އަދި މިފަދަ ކުށްތައް ތަހުގީގު ކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ޝުކުރުވެރިވާކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް