އޭއެފްސީ ކަޕަށް ދަގަނޑޭ، ބަކާ އަދި މެސީ އީގަލްސްއަށް

މެއި 2، 2018: އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: 1-5ގެ ބޮޑު ތަފާތަކުން މޮޅުވެ ނިއު ރޭޑިއަންޓުން ވަނީ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހަށް ޝެޑިއުލްކޮށްފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ މެޗުތަކަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ އީގަލްސްގެ ޕްރެކްޓިހުގައި ވެލެންސިއާއަށް ކުޅެމުން އަންނަ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިސްމާއިލް އީސަ (މެސީ) އަދި މުހައްމަދު އާރިފް (ބަކާ) ބައިވެރިވެއްޖެ އެވެ.

އޯގަސްޓް 15 ގައި، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާލޭގައި އީގަލްސް ކުޅޭ މެޗަށް، ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، އެ ކްލަބުން ވަނީ ކުރިން ވެސް އެ ކްލަބަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ގެނެސްފަ އެވެ. ބެލެވޭ ގޮތުގައި ވެލެންސިއާއަށް ކުޅެމުން އަންނަ ސެންޓޭއާއި އަޝްފާގު އީގަލްސްއަށް ގުޅިފައިވަނީ ހަމައެކަނި އޭއެފްސީ މެޗުތައް ކުޅުމަށެވެ.

އޭއެފްސީ ކަޕުގެ އެންމެ ހިތްގައިމު ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައިވަނީ އަޝްފާގު އެވެ. އީގަލްސް އަކީ ދަގަނޑޭގެ ކެރިއާގައި އޭނާ ކުޅޭ ނުވަ ވަނަ ކްލަބެވެ.

އީގަލްސް ދަތުރުކުރީ ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި މިދިޔަ އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އާދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި އީގަލްސް ވާދަކުރަން ހަމަޖެހިފައި އޮތީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއެވެ.

ނަމަވެސް ކޮވިޑްގެ ސަބަބުން ދަތުރު ކުރުމުގެ ހުއްދަ ނުލިބި ގައުމުގައި މަޑުކުރަން ޖެހުމުގެ ސަބަބުން އެ ޓީމަށް އޭރު މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުމުން އޭއެފްސީން އީގަލްސްއަށް ވަނީ ޕްލޭ އޮފް ބުރުން ޖާގަ ދީފަ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް އޮންނާނީ މާލޭގަ އެވެ. އަންނަ މަހު އީގަލްސް އާއި ބެންގަލޫރު ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާ ގްރޫޕްގެ ފަހު ޖާގަ ލިބޭއިރު، އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ.

comment ކޮމެންޓް