ލ. ހިތަދޫ ސްކޫލްގައި ހަތަރު ކްލާސް ރޫމް އަޅަނީ

ލ. ހިތަދޫ ސްކޫލްގެ ހަތަރު ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރުން

ލ. ހިތަދޫ ސްކޫލްގައި ހަތަރު ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެގޮތުން މިއަދު ވަނީ މި މަސައްކަތް ހަވާލުކުރުމުގެ އެގްރިމެންޓުގައި ސޮއިކޮށްފައެވެ.

މި މަސައްކަތް ކުރުމަށް ހުށަހަޅާފައިވަނީ 4.3 މިލިއަން ރުފިޔާއެވެ.

މި މަސައްކަތް 140 ދުވަހުގެ ތެރޭ ނިންމާނެކަމަށް ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ އިތުރުން މިއަދު ވަނީ ށ. ނަރުދޫ ސްކޫލްގެ ތިން ބުރީ އިމާރާތުގެ މަސައްކަތާއި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފިސް އިމާރާތާއި 12 ކްލާސްރޫމްގެ މަސައްކަތްވެސް ކުންފުންޏަކާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް