ސެޓެލައިޓް ސްކޫލްގެ ގޮތުގައި ގާއިމްކުރާ ވ. ރަކީދޫ އަދި ވ. ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިލްވާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރަކީދޫ ސްކޫލުގެ ތަރައްގީކުރުމުގެ މަޝްރޫއު އަކީ 2.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.
ތިނަދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1.3 މިލިއަން ރުފިޔާއަށް ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ ދެ ރަށުގެ ސުކޫލު ތަރައްގީ ކުރުމުގެ މަޝްރޫއު ކުންފުނިތަކާ ހަވާލުކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.
އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ހަސަން މުހައްމަދު ތަވީލެވެ. އަދި ސިލްވާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖާ މުހައްމަދު އަމީން އިބްރާހީމެވެ.
ސެޓްލައިޓް ސުކޫލު ޕްރޮޖެކްޓަކީ މި ސަރުކާރުން އަލަށް ހިންގާ މަޝްރޫއު އެކެވެ. މި މަޝްރޫއުގެ ދަށުން ސެޓްލައިޓް ސުކޫލު ގާއިމުންކުރުމަށް ބޭނުންވާ 72 ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހު އިއުލާނުކޮށްފައެވެ.