މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ޝަޖާން މުއާޒަށް މަގުމަތިން އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހައިތަމް އާއި އަނބިކަނބަލުންނާ މަގުމަތިން ބަޔަކު ދިމާކޮށްލައި އަޑުގަދަކޮށް އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ހައިތަމް ފޯނަށް ޖަވާބުނުދެއްވާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ހައިތަމް އާއި ޝަޖާން ކައިވެނިބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.