މާލޭ ގެއެއްގައި ރޯވެ އަނދާ ހުލިވެއްޖެ، ބޮޑެތި ގެއްލުންތަކެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ މއ. މޯނިންވިއު ކިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުނީ ފަތިހު 5:00 ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަލިފާންރޯވި ފަންގި ފިލާގައި ތިން މީހުން ތިބި ކަމަށާއި، އެ ހާދިސާ ހިނގުމުން ބޭރަށް ނިކުންނަށް އުޅުމުގެ ތެރޭގައި އެމީހުންނަށް ކުދި އަނިޔާވި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ހިއްސާކުރި ފޮޓޯތަކުން ފެންނަނީ އަލިފާން ރޯވުމުގެ ސަބަބުން އެ އިމާރާތް އެއްކޮށް އަނދާފައިވާ ތަނެވެ.

އަލިފާނުގެ ހާދިސާގަައި ގެއްލުންވި ސަރަހައްދަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހެނދުނު ޒިޔާރަތް ކުރައްވައިފަ އެވެ.

އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް