އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އެދިއްޖެ

އަސްރާ ނަސީމް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާގެ ފަރާތުން އަނިޔާ ލިބުނު ކަމަށްބުނާ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ފުލުސް އޮފީހުގައި އެދިއްޖެ އެވެ.

އެކަން އަސްރާއާއި ފުލުހުން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުވެސް ކޮށްދެއްވާފަ އެވެ.

އަސްރާ އެގޮތަށް އެދުނު ނަމަވެސް، އެ މައްސަލަ ކުރިއަށްގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައްސަލަ ކުރިއަށްގެންދަން ބޭނުން ނޫން ކަމަށް އަސްރާ ބުނެފައިވާއިރު، މީގެ ކުރިން އަސްރާ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)އަށް ބަޔާނެއްވެސް ދީފަ އެވެ.

އެކަމާ ގުޅިގެން އަސްރާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަމަށެވެ.

އީސަ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ފުލުހުންނަށް އިތުބާރު އޮތް ކަމަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

comment ކޮމެންޓް