އޭލެވެލް ދަރިވަރުން ގޮތެއް ނިންމަން ހަފްތާއެއްގެ މުހުލަތު ދެނީ

ސީއެޗްއެސްސީގެ އިމާރާތް--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ރާއްޖޭގެ ސްކޫލުތަކުގައި ގްރޭޑް 12 ގެ ދަރިވަރުން ދަސްވެނިވާން އެދޭ ގޮތަކާމެދު ގޮތެއް ނިންމަން ހަފްތާއެއް ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އޭލެވެލް ޕޭޕަރުތައް ލީކުވާތީ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ރާއްޖޭގައި އޭލެވެލް އިމްތިހާނު ކުރިއަށް ނުގެންދަން ނިންމައިފައެވެ.

މިނިސްޓްރީ އިން ބުނީ ދަރިވަރުންނަށް ދެ ގޮތެއް ހުށަހަޅާ ކަމަށާއި އެގޮތުން ޓީޗާ ބޭސްޑް އެސެސްމެންޓަކަށް ފަހު ގްރެޖުއޭޓް ވެވޭނެ އޮޕްޝަންއެއް ނުވަތަ އަންނަ އޮކްޓޫބަރު/ނޮވެމްބަރު މަހުގެ އިމްތިހާނުގައި އިށީނުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީ އިން ރޭ ކުރި އިއުލާނެއްގައި ބުނީ ދަރިވަރުން ގޮތެއް ނިންމުމަށް އެކަށީގެންވާ މައުލޫމާތާއެކު އެއް ހަފްތާގެ މުއްދަތެއް ދޭނެ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ ކަމާ ގުޅޭ މައުލޫމާތު ސްކޫލުތައް މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ދޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ.

ޓީޗާ ބޭސްޑް އެސެސްމެންޓު ސްކޫލުތަކުން ތައްޔާރުކުރި ނަމަވެސް ކުދިންނަށް ލިބޭނީ އެޑެކްސެލްގެ ސެޓްފިކެޓެވެ.

comment ކޮމެންޓް