ކައުންސިލުތަކުގެ ރައީސުންގެ މުސާރަ ކުޑަކޮށް، ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކައުންސިލުތަކުގެ ރައީސުންނަށް ދޭން މާލިއްޔަތު ކޮމިޓީއިން ނިންމި 23،000 ރުފިޔާ އިން 3000 ރުފިޔާ ކަނޑާލައި މުސާރަތައް މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު މަޖިލީހުން ފާސްކުރި ގޮތަށް ބަލާ އިރު ދެން ކައުންސިލުތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ލިބޭނީ 20،000 ރުފިޔާ އެވެ. އަދި ކައުންސިލުތަކުގެ ނައިބު ރައީސުންނަށް މުސާރައިގެ ގޮތުގައި 15،000 ރުފިޔާ އަދި ކައުންސިލް މެމްބަރުންނަށް މުސާރައިގެ ގޮތުގައި 13،000 ރުފިޔާ އެވެ. އެގޮތަށް ފާސް ކުރުމަށް 62 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓުގައި ވާގޮތުން ސިޓީ ކައުންސިލުތަކުގައި މޭޔަރުން މުސާރައިގެ ގޮތުގައި 40،000 ރުފިޔާ އަދި ޑެޕިއުޓީ މޭޔަރުންނަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ އަދި ސިޓީ ކައުންސިލުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބޭނެ އެވެ.

އަތޮޅު ކައުންސިލުގެ ރައީސުންނަށް ދޭން ނިންމާފައި ވަނީ 28،000 ރުފިޔާގެ މުސާރަ އެކެވެ.

comment ކޮމެންޓް