ގެޓް އިން ދަ ޒޯން: ބަނޑުގެ މި ކަސްރަތުތައް ގޭގައި ކޮށްލަބަލަ

ގެޓް އިން ޒަ ދޯން ވޯކްއައުޓް ސީރީޒްގައި މިއަދު ފިޓްޒޯންއިން ދައްކައިދޭނީ ބަނޑުގެ ކަސްރަތުތަކެއް ކުރާނެ ގޮތެކެވެ. ފިޓްޒޯނުގެ ސީނިއާ ޓްރެއިނާ ރިފާޝް ރިޔާޒް ބުނާ ގޮތުގައި މިއީ އަލަށް ކަސްރަތު ފަށާ މީހުންނާއި، ވަރަށް އެޑްވާންސްކޮށް ކަސްރަތުކުރާ މީހުންނަށްވެސް ކުރެވޭނެ ކަސްރަތުތަކެެކެވެ.

ރިފާޝް މިއަދު ދައްކައިދޭ ކަސްރަތުތަކުގެ ތެރޭގައި ބަނޑު ނުވަތަ އެބްސްގެ އެކި ހިސާބުތައް ވަކިވަކިން، އަދި ބަނޑުގެ ހުރިހާ މަސްތަކެއް އެއްފަހަރާ އެކްޓިވޭޓުކޮށްލާ ކަސްރަތުތަކެއް ހިމެނެއެވެ. އޭގެ ތެޜޭގައި ހިމެނެނީ:

  • ސިޓްއަޕްސް (10-15 ރެޕްސް)
  • ރަޝިއަން ޓްވިސްޓް (30-50 ރެޕްސް)
  • ލައިންގް ލެގް ރެއިޒް (10-15 ރެޕްސް)
  • ބައިސިކަލް (30-50 ރެޕްސް)
  • ކްރަންޗެސް (10-15 ރެޕްސް)
  • ފްލަޓާ ކިކްސް ނުވަތަ އޮލްޓަނޭޓް ލެގް ރެއިޒް (30-50 ރެޕްސް)
  • ޕްލޭންކްސް (އެމީހެއްގެ ލެވެލްއިން--30 ސިކުންތު ނުވަތަ 1 މިނެޓަށް، ނުވަތަ އެއަށްވުރެ ދިގުކޮށްވެސް ހެދޭނެ)

ރިފާޝް ބުނަނީ މި އެންމެ ބިގިނާ ލެވެލްގެ މީހުން މިއިން ކޮންމެ ވޯކްއައުޓެއްގެ 1-2 ސެޓްސް ހެދޭނެ ކަމަށެވެ. މީޑިއަމް ލެވެލްގެ މީހުން ފަސް ސެޓު، އަދި ވަރަށް އެޑްވާންސްޑް ނަމަ ހަތް ސެޓު ވެސް ހެދޭނެ ކަމަށެވެ.

comment ކޮމެންޓް