ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތައް ހިންގަން އެއްބަސްވުމުގައި ސޮއިކޮށްފި

"ސްކިލްސް ފޯ އަ ރެސިލިއެންޓް ވޯކްފޯސް"ގެ ދަށުން ހިންގާ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ހަތް ކޯހެއް ހިންގުމަށް ތިން އިންސްޓިޓިއުޓަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ޕްރޮގްރާމަކީ ކޮވިޑުގެ ހާލަތުން ރާއްޖެ އަރައިގަނެ އިގްތިސޯދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އިން ބުންޏެވެ.

މި ޕްރޮގްރާާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމް (ސޯނީ) ވިދާޅުވީ މިއީ ހިލޭ ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށާއި ތަމްރީންގެ މުއްދަތުގައި ސްޓައިޕަންޑެއް ދޭނެ ކަމަށެވެ. ސްޓައިޕެންޑް ދިނުމަށާއި ތަމްރީންތައް ހިންގުމަށް ގަރަދުކުރަމުން ދާނީ ވޯލްޑް ބޭންކުގެ ޕްރޮޖެކްޓެއްގެ އެހީއާ ވެސް އެކު ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތް ދާއިރާ އިން ވޮކޭޝަނަލް އަދި ޓެކްނިކަލް ކޯސްތައް ހިންގުމަށް ހަވާލުކޮށްފައިވަނީ ވިލާ ކޮލެޖް، މާލޭ ފިޓްނަސް، އަދި ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް ސެންޓަރާ އެވެ.

އެގޮތުން ކުރިއަށްގެންދަނެ ކޯސްތަކަކީ

  • ނެޝަނަލަސް ސެޓްފިކެޓް 3 އިން ހައުސް ކީޕިން - ވިލާ ކޮލެޖު
  • ނެޝަނަލަސް ސެޓްފިކެޓް 3 އިން ލައިފްގާޑިން - ވިލާ ކޮލެޖު
  • ނެޝަނަލަސް ސެޓްފިކެޓް 3 އިން ޓިކެޓިން އެންޑް ރިޒަވޭޝަން - ވިލާ ކޮލެޖު
  • ނެޝަނަލަސް ސެޓްފިކެޓް 3 އިން ވޯޓާ ސްޕޯޓްސް - ވިލާ ކޮލެޖު
  • ނެޝަނަލަސް ސެޓްފިކެޓް 3 އިން އިންވެންޓަރީ މެނޭޖުމެންޓް - ވިލާ ކޮލެޖު
  • ނެޝަނަލަސް ސެޓްފިކެޓް 3 އިން ފިޓްނެސް އިންސްޓްރަކްޝަން - މާލޭ ފިޓްނެސް
  • ނެޝަނަލަސް ސެޓްފިކެޓް 3 އިން ލޯންޑްރީ އޮޕަރޭޝަންސް - ޓިވެކް


މި ހަތް ކޯހުން ޖުމްލަ 360 ދަރިވަރުން ތަމްރީނު ކުރާނެއެވެ. ހަޔާ އެޑިއުކޭޝަނުން ބުނީ މިއީ އެ ނިސްޓްރީއިން 2019 ވަނަ އަހަރު ކުރިޔަށް ގެންދިޔަ ޓްރެއިނިންގް ނީޑް އެނަލިސިސްއަށް ބަލައި، ޓުއަރިޒަމާއި ޓުއަރިޒަމާ ގުޅުންހުރި ކޮންސްޓްރަކްޝަން ދާއިރާތަކާއި އައިސީޓީ އަދި އެ އެނަލިސިސްގައި ފާހަގަ ކޮށްފައިހުރި އެހެނިހެން ދާއިރާތަކުން ހިންގާ ކޯސްތައް ކަމަށެވެ.

ސްކިލްސް ފޯ އަ ރެސިލިއެންޓް ވޯކްފޯސް ޝިޔާރުގެ ދަށުން ޒުވާނުން، ވަޒީފާއަށް ބޭނުންވާ ހުނަރު ތަކާއި އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު ބައިތައް އުނގެނި، ހުނަރުވެރި، ގާބިލް، އުފެންދުންތެރި، އަދި ޒިންމާދާރު ބަޔަކަށް ހެދޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މިޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ސިނާޢަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމާއި، އިޤްތިސޯދީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުފަހިވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ފަރުދީ ކުރިއެރުމާއިއެކު، ގައުމުގެ އިގުތިސޯދަށް އިތުރު ކުރިއެރުމާއި އާރޯކަން އަންނާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ޕްރޮގްރާމް ހިންގާނީ މި އެޑިޔުކޭޝަންއާއި ވޯލްޑްބޭންކްގެ މީރީ ޕޮޖެކްޓު، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓު، އަދި ނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓު ގުޅިގެންނެވެ.

comment ކޮމެންޓް