ޖަވާބުދާރީ ކުރެވޭނެ ސިޔާސަތުތަކާއެކު ގެމަނަފުއްޓަށް ޝާފިއު

ގއ. ގެމަނަފުށީ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ޝާފިއު --

ދިވެހި މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމާ ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަސްވެރިންގެ ޖަމްއިއްޔާ އުފައްދާ އެ ޖަމްއިއްޔާ ކުރިއެރުވުމަށް މަސައްކަތްކުރުމުގައި އަހުމަދު ޝާފިއުގެ ހިއްސާ ބޮޑެވެ. އޭނާ މަސްވެރިކަމަށް ނިކުރީ ތައުލީމީ ދާއިރާގައި ފަސް އަހަރު ހޭދަކުރުމަށްފަހު އެވެ.

ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބުގައި ގއ. ގެމަނަފުށީ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ޝާފިއުގެ ހިދުމަތްތައް އޭނާގެ އުފަން ރަށަށް ވަނީ އެކި ގޮތްގޮތުން ފޯރުކޮށްދީފަ އެވެ.

ސްކޫލުގައި ލީޑިން ޓީޗަރެއްގެ ވަޒީފާ ދޫކޮށްލުމަށްފަހު މަސްވެރިކަމަށް ނިކުމެ، އޭނާގެ އަމާޒަކަށްވީ ޒުވާނުން އެ ދާއިރާ އަށް ނެރުމެވެ. ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާ، ޒުވާން މަސްވެރިޔާ، ރަޓުރަހަ ފަދަ މިހާރު ރައްޖޭގައި މަގުބޫލު ބްރޭންޑު ނަންތަކަކީ ޝާފިއު އިސްވެ ހުރެ ކުރި މަސައްކަތްތަކުގެ ނަތީޖާ އެވެ. ރާއްޖޭގައި މަސްވެރިކަމުގެ މަސައްކަތުގައި ގެނަމަނފުއްޓަކީ ނަން ހިނގާ ރަށެއްގެ ގޮތުގައި މަގުބޫލުވެގެން ދިޔައީ އޭނާ އިސްވެ ހުރެ ކުރި މަސައްކަތުންނެވެ.

ރަށަށް، މުޖުތަމައަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ޝާފިއު މިއަދު ނިކުމެ ހުރީ އޭނާގެ އެ ހިދުމަތް ކުރިއަށްވުރެ ފުޅާކޮށް ގެމަނަފުއްޓަށް ކޮށްދިނުމަށެވެ. ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޝާފިއުގެ ވައުދަކީ އެއީ އެވެ. ރަށަށް ފައިދާ އާއި ނަފާ ލިބޭނެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައިވެސް އިތުރު ކުރާނެ އެވެ. ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބެނެ ވަސީލަތްތައް ތަރައްގީކޮށް ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތް ކުރާނެ އެވެ.

އެގޮތުން ދޯނި ފަހަރު އެހެލާނެ ޒަމާނީ ބޯޓް ޔާޑޭއް ގެމަނަފުށީގައި ގާއިމްކޮށްދިނުމާއި ހާއްސަ އެެހީއަށް ބޭނުންވާ މީހުންނަށް ގާނޫނީގޮތުން ލިބެންޖެހޭ ހައްގުތައް ލިބޭކަން ކަށަވަރުކޮށްދިނުމާއި މަސައްކަތްތެރިންގެ ދަފްތތަރެއް އެކުލަވާލާ ރަށަށް ނަފާ ލިބޭނެ މަސައްކަތްތައް އިތުރުކުރުމަކީ ޝާފިއު ގެމެނަފުށީ ރައްޔިތުންނަށް ވެފައިވާ ވައުދުތަކެވެ. ރައްޔިތުންނާ ގުޅިގެން ފަސް އަހަރުގެ ޕްލޭނެއް ތައްޔާރުކޮށް، ތަންފީޒުކުރުމުގެ އަޒުމާއެކު ޝާފިއު އަކީ ޒިންމާ އަދާކުރަން ކެރޭ، ޖަބާބުދާރީ ކުރެވޭނެ ސިޔާސަތުތަކާއެކު ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓެކެވެ.

comment ކޮމެންޓް