އަސްތާ! މަދޫރީ މިއުޅެނީ ރާއްޖޭގައި

މަދޫރީ އަދި ފިރިމީހާ ސްރީރާމް ނޭނާ ރާއްޖޭގައި ---

ބޮލީވުޑްގެ މަގްބޫލު ބަތަލާ މަދޫރީ ޑިކްސިޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެެއެވެ.

އެންމެ ރީތި ބޮލީވުޑްގެ އެއް ބަތަލާ މަދޫރީ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ އާއިލާއާއެކުގައެވެ. ފިރިމީހާ ސްރީރާމް ނޭނާ އާއި ދެމަފިރިންގެ ދެކުދިންނާއެކު ޗުއްޓީ ހޭދަކުރަނީ ސޮނެވާ ޖާނީގަ އެވެ.

ސޮނެވާގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް މަދޫރީ އަންނަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ފޭނުންނާ ހިއްސާކުރަމުންނެވެ. މަދޫރީ ރާއްޖޭގައި އުޅޭތާ ދެ ދުވަސް ވީއިރު އޭނާ ބުނީ ރާއްޖެ އަކީ ހަމަ ހަގީގަތުގައި ވެސް ‘ޕެރެޑައިސް’ ކަމަށެވެ.

މަދޫރީގެ އިތުރުން މަޝްހޫރު ކޮރިއޮގްރަފާ ފަރާ ޚާން ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. ފަރާ އާ އޭނާގެ އާއިލާަ ޗުއްޓީ ހޭދަކުރަމުން އަންނަނީ ބަރޮސް މޯލްޑިވްސްގަ އެވެ.

މިދުވަސްވަރު ބޮލީވުޑްގެ ފިލްމީ ތަރިންނަށް ރާއްޖެ ވަރަށް މަގްބޫލެވެ. ވޭތުވެދިޔަ އަހަރެެއް ތެރޭ ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންނެއް ވަނީ ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.

comment ކޮމެންޓް