ޖޯންއާއި ސަލްމާންގެ ކުރިމަތިލުން މެއި މަހު!

ސަތިޔަމޭވް ޖަޔަތޭ 2 ގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކުޅަދާނަ ދެ އެކްޓަރުން ކަމަށްވާ ޖޯން އަބްރަހަމް އާ ސަލްމާން ޚާން ގެ ފިލްމު އެއް ދުވަހެއްގައި ރިލީޒްކުރަން ނިންމައިފިއެވެ.

މެއި މަހުގެ 13 ވަނަ ދުވަހު ޖޯންގެ "ސަތިޔަމޭވާ ޖަޔަތޭ 2" ރިލީޒްކުރާއިރު ހަމަ އެ ދުވަހު ސަލްމާންގެ "ރާދޭ ޔުއާ މޯސްޓް ވޯންޓެޑް ބާއީ" ވެސް ރިލީޒްކުރާނެއެވެ. އެހެންކަމުން ބޮކްސް އޮފީހުގައި މި ދެ ފިލްމުގެ ކުރިމަތިލުން ވަރަށް ވަރުގަދަވާނެއެވެ.

ސަލްމާންގެ ރާދޭގައި އަންހެން ބަތަލާގެ ރޯލު ބަތަލާ ދިޝާ ޕާޓްނީ ކުޅޭއިރު މި ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސަތިޔަމޭވް ޖަޔަތޭ 2 ގައި ޖޯން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ދިވްޔާ ކޯސްލާ ކުމާރުއެވެ. މި ފިލްމަކީ މިލަޕް ޒަވޭރީގެ ޑައިރެކްޝަނުގެ ދަށުން ޓީ ސީރީޒްގެ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތަކެވެ.

comment ކޮމެންޓް