މެމްބަރު ނަޝީދު އަވަގުރާނަ ގޮވި މައްސަލައިގައި ނަސޭހަތްތެރިއްވެއްޖެ

މެމްބަރު ނަޝީދު -- ފޮޓޯ/ މަޖިލިސް

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައްޔިތުން މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އަވަގުރާނަ ގޮވާފައިވާ މައްސަލައިގައި އޭނާއަށް ރިޔާސަތުން ނަސޭހަތް ދީފި އެވެ.

އެ މައްސަލައިގައި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން މޮސްޓާއަށް ލިޔުމުން ނަސޭހަތް ދިނުމަށް ނިންމީ މިދިޔަ މަހު ވަނަ ދުވަހު އެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނޫ އޭނާއަށް ނަސޭހަތްދީ، ކޮމިޓީގެ ނިންމުމާ އެގޮތަށް މޮސްޓާއަށް ލިޔުމުން އޭނާއަށް ނަސޭހަތް ދޭނެ ކަމަށެވެ.

"މަޖިލީގުގެ ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް ނޮޅިވަރަމް ދާްއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ނަޝީދަށް ނަސޭހަތްތެރިވަން. އަދި އެ ލިޔުން އަޅުގަނޑު މެމްބަރަށް ފޮނުވާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވި އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާާއިރާގެ މެންބަރު އަލީ އާޒިމެވެ. އޭނާ އެ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އާއި ބައެއް މެންބަރުންނަށް ނިސްބަތްވާ ގޮތަށް މެންބަރު ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި އަވަގުރާނަ ވިދާޅުވެފައިވާ ކަމަށެވެ.

https://sun.mv/149499

comment ކޮމެންޓް