އޭކް ވިލަން ރިޓާންސް ގެ ޝޫޓިން ފަށައިފި

އޭކް ވިލަން ރިޓާންސް ގެ ޝޫޓިން އިއްޔެ ވަނީ ފަށާފައި---

ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ސީކުއަލް "އޭކް ވިލަން ރިޓާންސް"ގެ ޝޫޓިން ފަށައިފިއެވެ.

ފިލްމުގެ ދެވަނަ ބައިގެ ލީޑު ރޯލުން ފެނިގެންދާ ތަރިންނަކީ ދިޝާ ޕާޓްނީ، އަރުޖުން ކަޕޫރު، ތާރާ ސުތައިރާ އަދި ޖޯން އަބްރަހަމް އެވެ. ފިލްމުގެ ހުރިހާ ތަރިން ވެސް ވަނީ ފިލްމުގެ ޝޫޓިން ފެށިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެކްތާ ކަޕޫރާ ބުޝަން ކުމާރުގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ އޭކް ވިލަން ރިޓާންސް އަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

މި ފިލްމަށް އެންމެ ފުރަތަމަ އަރުޖުންގެ ބަދަލުގައި ހަމަޖެއްސީ އަދިތްޔާ ރޯއީ ކަޕޫރެވެ. ނަމަވެސް އަދިތްޔާ އާއި ޑައިރެކްޓަރު މޯހިތު އާއި ހިޔާލު ތަފާތުވުމުގެ ސަބަބުން އޭނާ އަމިއްލައަށް އެ ފިލްމު ދޫކޮށްލީ އެވެ.

އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ ސިދާތު މަލްހޮތުރާއާއި ޝްރަދާ ކަޕޫރެވެ. "އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.

comment ކޮމެންޓް