މިދިޔަ އަހަރު އެމްޓީޑީސީ އަށް 1.7 މިލިއަން ޑޮލަރުގެ ފައިދާ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރު ތަޒްމީލް އަބްދުލްސަމަދު -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ހުސްވި 2020 ވަނަ އަހަރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ފައިދާގެ ގޮތުގައ ލިބުނީ 1.7 މިލިއަން ޑޮލަރު ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި ކުންފުންޏަށް އާމްދަނީ އަށް ލިބުނީ 945,719 ޑޮލަރެވެެ. އެ މުއްދަތުގައި ފައިދާ އަށް 932,751 ޑޮލަރު ލިބުނު ކަމަށްވެސް ހިސާބުތައް ދައްކައެވެ.

މުޅި އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައިި ލިބުނީ 3.6 މިލިއަން ޑޮލަރެވެ.

އެ ކުންފުނިން ހިއްސާގެ ފައިދާ ދޫނުކުރާތާ 11 އަހަރު ފަހުން މިދިޔަ 2019 އަހަރުގެ ފައިދާ އިން ހިއްސާ ދާރުންނަށް ފައިދާ ބަހަން ނިންމިއެވެ.

އެމްޓީޑީސީގެ ދަށުން ތަރައްގީކޮށް، މިވަގުތު ހިންގަމުން އަންނަނީ މައިނާ އިންޓަނޭޝަނަލް ކުންފުންޏަށް ސަބްލީޒްކޮށްގެން ހިންގާ ބ. ކިހަވަށް ހުރަވަޅި (އަނަންތާރާ ކިހަވަށް ވިލާޒް) އަދި ތުރުކީގެ އަހްމެޓް އައިދެޒް ކުންފުންޏަށް ސަބްލީޒް ކޮށްގެން ހިންގާ ގދ. މަގުދުވާ (އަޔާދާ މޯލްޑިވްސް)އެވެ.

https://sun.mv/148787

comment ކޮމެންޓް