ހާމިދާ އެކު ފުލުސް ބޯޑަށް ފަސް ނަމެއް ދިރާސާކުރަނީ

ހާމިދު އަބްދުލްޣަފޫރު -- ސަން ފައިލް ފޮޓޯ

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާ "ފުލުސް ބޯޑަށް" އާންމުންގެ ފަރާތުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފަސް ފަރާތެއްގެ ނަން ކޮމިޓީއަށް ދިރާސާކުރަން ފޮނުވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު އިއުލާން ކުރެއްވީ ފުލުސްް ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފަސް ނަމެއް ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ. އެ ނަންތަކަކީ؛

1. ހާމިދު އަބްދުލް ޣަފޫރު، ހ. ޝޭޑީ ކޯނަރު، މާލ

2. ޒީނަތު އަލީ، ދަފްތަރު ނަންބަރު: 1626

3. އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު: 1851

4. ޒުބައިރު އަހުމަދު މަނިކު، ގ. މަލްވަނި

5. ލަބީގް މުހައްމަދު މާހިދު، މ. މަނަދޫވިއު

މި ނަންތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ބޭފުޅަކީ އެމްޑީޕީގެ އިސް ފަރާތެއް ކަމަށްވާ އަދި މީގެ ކުރިން ވަޒީރުކަމާއި ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ހާމިދު އަބްދުލް ޣަފޫރެވެ.

ގާނޫނު ބުނާ ގޮތުން ފުލުސް ބޯޑު އެކުލުވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

comment ކޮމެންޓް