ހުރިހާ ޕައިލޮޓުންނާއި ކެބިން ކްރޫއިންނަށް ވެކްސިން ދީ ނިންމާލި ފުރަތަމަ އެއާލައިނަކަށް އިއްތިހާދު އެއާވޭސް ވެއްޖެއެވެ.
އަބޫދާބީގެ އިއްތިހާދުން ބުނީ އެ އެއާލައިނުގެ ޖުމްލަ މުވައްޒަފުންގެ 75 ޕަސެންޓަށް މިހާރު ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.
އަބޫދާބީގެ ސަރުކާރާ ގުޅިގެން އިއްތިހާދުން، އެ އެއާލައިނުގެ ކްރޫއިންނަށް ވެކްސިން ދޭން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެ އެއާލައިނުން ބުނީ ކްރޫއިންނަށާއި މުވައްޒަފުންނަށް ވެކްސިން ޔަގީންކޮށްދިނީ މުވައްޒަފުންގެ ސިއްހަތު ރައްކާތެރިކޮށް ފަސިންޖަރުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ކަމަށެވެ.
އެ އެއާލައިނުން ބުނީ ކޮންމެ ފްލައިޓެއްގެ ކުރިން ކްރޫއިންގެ ކޮވިޑް ޓެސްޓުވެސް ހަދާ ކަމަށާއި ދަތުރަށް އަރާއިރު ފަސިންޖަރުުންވެސް ކޮވިޑް ނެގެޓިވް ރެޒަލްޓު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އިއްތިިހާދުން ބުނީ އެ އެއާލައިނުގެ ކްރޫއިންގެ އާއިލާތަކަށް ވެކްސިނޭޝަންގެ ކަންތައް ފަހިކޮށްދިނުމުގެ މަސައްކަތްވެސް ކުރާ ކަމަށެވެ.