އެއާ އިންޑިއާ އިން ރާއްޖެ އާއި އިންޑިއާގެ ދެ ސިޓީ އެއް ގުޅާލަނީ

އެއާ އިންޑިއާގެ ފްލައިޓެއް ވީއައިއޭ އަށް ލޭންޑް ކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެ އާއި އިންޑިއާގެ ނިއުދިއްލީ އަދިި ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފަށަން އެއާ އިންޑިއާ އިން ނިންމައިފި އެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ކުރިން އެއާ އިންޑިއާ އިން ދިޔައީ މާލެ އާއި ބެންގަލޫރު އަދި ނިއުދިއްލީ އާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ.

ނަމަވެސް ކޮވިޑު19 ގެ ބަލިމަޑުކަމާއެކު ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ފެށިފަހުން އެ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ބާއްވަމުންދަނީ ޓްރެވިންޓްރަމް އާއި މާލެ އާއި ދެމެދު އެކަންޏެވެ.

އެއާ އިންޑިއާ އިން ބެންގަލޫރާއި ދިއްލީ އިން މާލެ އަށް ދަތުރުތައް ފަށާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.

އެެއާ އިންޑިއާ އިން ރާއްޖެ އާއި އިންޑިއާގެ އިތުރު ދެ ސިޓީ ގުޅާލަން ނިންމި އިރު އިންޑިއާގެ އިތުރު އެއާލައިންތަކުންވެސް އެ ދެ ސިޓީ އާއި މާލެ އާއި ދެމެދު ދަތުރު ބާއްވަ އެވެ.

އިންޑިގޯ އަދި ގޯ އެއާ އިން ވެސް އެ ދެ ރޫޓުން ދަތުުރުތައް ބާއްވާއިރު އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމުގައި މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ގައުމަކީ އިންޑިއާ އެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު މިދިޔަ އަހަރުގެ އޮގަސްޓު މަހު ގާއިމް ކުރި ޓްރެވަލް ބަބުލްގެ ދަށުން އެއާ އިންޑިއާ އާއެކު އިންޑިއާގެ ހަތަރު އެއާލައިނަކުން ރާއްޖެ އަށް ޝެޑިއުލް ދަތުރު ކުރެ އެވެ.

comment ކޮމެންޓް