މި ފެށޭ ރޯދަ މަހާ ދިމާކޮށް އިންޓީރިއާ ސޮލިއުޝަންގެ ދާއިރާގައި އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު" ގަވިން" އިން ވަރަށް ހާއްސަ ރޯދަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ގަވިން ރޯދަ ހަދިޔާ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން މިފަހަރު ފަސް ނަސީބުވެރިއަކަށް ހިލޭ ޗުއްޓީ ދަތުރެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ގަވިން އިން ބުނި ގޮތުގައި، މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ފިހާރައިން 1000 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރާ މީހުންނަށެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމަކީ ހއ. ހޯރަފުށީގައި ހުންނަ "އަރާއިކު ބީޗް ވިލެޖް" ގައި ފުލް ބޯޑްކޮށް ފަސް ރޭގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތެވެ. ފަސް ބޭފުޅަކަށް ލިބޭ މި އިނާމާ އެކު، ހޯރަފުއްޓަށް ދިއުމަށް ބޭނުންވާ ޑޮމެސްޓިކް ރިޓާން ޓިކެޓް ވެސް ގަވިން އިން ފޯރުކޮށްދޭނެއެވެ.
ރާއްޖޭގެ އިންޓީރިއާ ސޮލިއުޝަން ދާއިރާގައި އެންމެ މަގުބޫލު އެއް ކުންފުނި ކަމަށްވާ ގަވިން އަކީ އެ ކުންފުނީގެ އަމިއްލަ ބްރޭންޑްގެ އުފެއްދުންތަކުގެ އިތުރުން، އިންޓީރިއާ ޑިޒައިނިންގްގެ ޚިދުމަތާއި، ވަކިން މަސައްކަތް ކުރަމުން އަންނަ ކާޕެންޓަރުންނަށް އެހީވުމުގެ ގޮތުން ގިނަ އަދަދެއްގެ ހާޑްވެއާ ސާމާނާއި ކާޕެންޓްރީގެ ޚިދުމަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ތަނެކެވެ.
ގަވިންގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން މި ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޑެލިވަރީގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް "ގަވިން ބާޒާރު" ފިހާރަ ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ފިތުރު އީދުގެ ނިޔަލަށެވެ. ގަވިންގެ ފިހާރަތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށް ހުޅުވިފައި ހުންނާނެއެވެ.
ގަވިންގެ ފިހާރަތަކުގެ މައުލޫމާތު:
ގަވިން ބާޒާރު (މާލެ، ބޮޑުތަކުރުފާނު މަގު): 9428899
ގަވިން ހުޅުމާލެ (ރީތިގަސް މަގު): 9558899
ގަވިން ޑެކޯ (މާލެ، މަޖީދީމަގު): 9588833
ގަވިން ޕްރޮޖެކްޓްސް: 9348899