ސާމީއަށް ކުރާ ތުހުމަތުތައް ދޮގުކޮށް ސިވިލް ސާވިސްއަށް ޕެޓިޝަނެއް

ސާމީ އަގީލް --- ފައިލް ފޮޓޯ

ކުރީގެ ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިއަކަށް ހުންނެވި ސާމީ އަގީލް، ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަކަށް އައްޔަނުކުރަން އުޅޭތީ ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ސިވިލް ސާވިސް ކޮމިޝަނަށް ސިޓީ އެއް ފޮނުވިފަހުން އެއަށް ރައްދުދީ ހަމަ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ސީއެސްސީއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންގެ ޔޫނިއަން އިން، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހަށް އެޑްރެސްކޮށް ކުރިން ފޮނުވި ސިޓީގައި ބުނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަކަށް ސާމީ ބަދަލުކުރުމަކީ މުވައްޒަފުންގެ ކަންބޮޑުވުން ހުރި ކަމެއް ކަމަށާއި، އެހެންކަމުން އެކަންތައް ކޮމެޓީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ. މުވައްޒަފުންގެ ސިޓީގައި ބުނީ ސާމީއަކީ ކުރިން އޭނާ މަސައްކަތްކުރެއްވި ތަންތަނުގައި މަސައްކަތް ކުރެއްވި އިރުވެސް، ކޮރަޕްޝަނުގެ ތުހުމަތުތައް އެނާގެ މައްޗަށް ކުރެވިފައިވާ ބޭފުޅެއް ކަމަށެވެ.

އެ ވާހަކަތަށް ރައްދުދީ ހުށަހަޅި ޕެޓިޝަންގައި ސޮއިކޮށްފައިވާ ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން ބުނީ ކުރީގެ ޕެޓިޝަންގައި އެ މުވައްޒަފުން ސޮއިކޮށްފައިނުވާ ކަމަށެވެ. އަދި ސާމީ ޓްރާންސްޕޯޓްގެ މަގާމަށް އައްޔަނުކުރަން އިއުތިރާޒެއް ނެތް ކަމަށާއި އަދި އޭނާއަކީ އެކަމަށް ހަމަ ވަރަށް ގާބިލު މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

https://sun.mv/147828

އޭގެ އިތުރުން ސާމީއަކީ މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތައް ހޯއްދަވަން މަސައްކަތްކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރައްވާ ބޭފުޅެއްކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ކުރިން ހުށަހެޅި ޕެޓިޝަންގައި ބުނީ ސާމީއަކީ މަސައްކަތްކުރާ މުވައްޒަފުންނާ ޒާތީގޮތުން ޖައްސާލާ، ދޮގު ތުހުމަތުކޮށް ގަވައިދާ ހިލާފަށް އިދާރީ ފިޔަވަޅު އަޅާފައިވާ ބޭފުޅެއް ކަމަށެެވެ.

ކުރީގެ ޕެޓިޝަންގައި 28 ސޮއި ހިމަނާފައިވާއިރު ނަން ހިމަނައިފައެއް ނުވެއެވެ. ނަމަވެސް ފަހުން ހުށަހެޅި ޕެޓިޝަންގައި 39 މީހެއްގެ ނަމާއެކު ސޮއި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުންނާއި އެކި އެކި ރީޖަނަލް އެއާޕޯޓްތަކުގެ މެނޭޖަރުން ފެންވަރުގެ އިސް ބޭފުޅުން ހިމެނެއެވެ.

comment ކޮމެންޓް