ފައިސާގެ އިނާމްތަކާއެކު ފިޔޯރީގައި ގުރުއާން މުބާރާތެއް ބާއްވަނީ

ގދ. ފިޔޯރީގެ ކުއްޖަކު ގުރުއާން ކިޔަވަން ކްލާހުގައި--

ގދ. ފިޔޯރީގެ ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމަންޓް (ފޭސް)ގެ ފަރާތުން ކުރިއަށްގެންދަން ނިންމާފައިވާ ފޭސް އަލިގަދަ ތަރި ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަގުބޮޑު ފައިސާގެ އިނާމް ލިބޭ އެ މުބާރާތުގައި ފިޔޯރީގެ އިތުރުން ގދ. ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެއެވެ.

އެ މުބާރާތުގައި ހަ އަހަރާއި 16 އަހަރުގެ ދަރިވަރުންނަށް ބައިވެރިވެވޭއިރު މުބާރާތުން އެއްވަނައަށް އަންނަ ދަރިވަރަަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެއެވެ. އޭގެ އިތުރުން ދެވަނަ އަދި ތިންވަނަ ހޯދާ ދަރިވަރުންނަށްވެސް ފައިސާގެ އިނާމްދޭން ވަނީ ނިންމައިފައެވެ.

މިފަހަރުގެ މުބާރާތް މާޗް ފަހަކުން އަށަކަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު މުބާރާތުގެ ބައިވެރިވާން ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 14 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. އެ ފޯމް ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމަންޓްގެ ފޭސްބުކް ޕޭޖުންނާއި އެ ޖަމިއްޔާއިން ހިންގާ ތަމްރީސުލް ގުރުއާން ކްލާހުން ބަނދުނޫން ކޮންމެ ދުވަހަކު 13:30 އިން 15:30 އަށް ލިބޭނެއެވެ.

comment ކޮމެންޓް