މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަހަ މުބާރާތަކުގައި ބައިވެރިވާން ހުޅުވާލައިފި

ކީރިތި ޤުރްއާން: މާލޭ ސިޓީ ކައުންސިލުން ވަނީ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި --

ރަމަޟާން މަހު މާލޭ ސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ދެމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް އެދެވޭނީ އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހުގެ ރޭގަނޑު 09:00ގެ ނިޔަލަށެވެ.

ސިޓީ ކައުންސިލްގެ، ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް ހަ އުމުރުފުރާ ހިމެނޭނެއެވެ. އެއީ ހަ އަހަރުން ދަށާއި، ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި 19އަހަރުންދަށެވެ.

އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު ދަރިވަރަށް ފުރިފައިވާ އަހަރަށެވެ. މި މުބާރާތުގައި ހަ އަހަރުން ދަށުގެ އުމުރު ފުރާނޫން އެހެން ހުރިހާ އުމުރުފުރާއަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި ހަ އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުނުކުރާން ވަނީ ހަމަޖެހިފައެވެ.

ވަނަތައް ހޮވާނީ ދެ ގޮފި ވަކިންނެވެ. ކޮންމެ އުމުރުފުރާއަކުން، އެއް ވަނަ ، ދެ ވަނަ އަދި ތިން ވަނަ ހޮވާނެއެވެ. އަދި ކޮންމެ ގޮތްޕަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން އެއް ވަނަ، ދެ ވަނަ، ތިން ވަނަ ހޮވޭނެއެވެ.

މަދަޙަ މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީވެސް ހަ އަހަރުން ދަށާއި، ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި 19 އަހަރުން ދަށެވެ.

މި މުބުރާތުގައި ވަނަވަނައަށް އަންނަ ދަރިވަރުންނަށް އަގުހުރި އިނާމުތައް ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:

ކޮންމެ އުމުރުފުރައެއްގެ ކޮންމެ ގޮތްޕަކުން:

  • 1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • 2 ވަނަ -/6000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • 3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓް

ކޮންމެ ގޮތްޕަކުން މުޅި މުބާރާތުން:

  • 1 ވަނަ -/25000ރ ޓްރޮފީ އާއި ސެޓްފިކެޓް
  • 2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • 3 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

ކޮންމެ އުމުރުފުރާއަކުން:

  • 1 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • 2 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • 3 ވަނަ -/3000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މުޅިމުބާރާތުން 1 ވަނަ:

  • 1 ވަނަ -/10،000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • 2 ވަނަ -/7،000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • 3 ވަނަ -/5،000ރ، ޓްރޮފީ އާއި ސެޓްފިކެޓް

އެޕްލިކޭޝަން ހުށަހާޅާނީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ޚާއްޞަކޮށްފައިވާ ލިންކު މެދުވެރިކޮށެވެ. އެ ދެ މުބާރާތުގެ އުޞޫލުތައް ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިޢުލާންކޮށްފައެވެ.

comment ކޮމެންޓް