ބޯޑާ މައިލްސްގެ ފުރަތަމަ ބައިވެރިއަަކަށް ކްރޮސްރޯޑްސް

ކްރޮސްރޯޑްސް މޯލްޑިވްސް--

މޯލްޑިވްސް ބޯޑާ މައިލްސް އަކީ އިމިގްރޭޝަނާއި އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއޭސީއެލް ގުޅިގެން ފަށާފައިވާ ލޯޔަލިޓީ ޕްރޮގްރާމް، މޯލްޑިވްސް ބޯޑާމައިލްސްގެ ފުރަތަމަ ޕާޓްނަރެއްގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް ގުޅިއްޖެއެވެ.

ބޯޑާ މައިލްސް ޕްރޮގްރާމްގެ މެމްބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް ހުޅުވާލާފައި ވާއިރު، މި ޕްރޮގްރާމުގެ ބައިވެރިންނަށް ޕޮއިންޓް ލިބޭނީ، ފަތުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށް ބަލައިފަ އެވެ.

ހާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް މި ޕްރޮގްރާމުގައި
ލިބޭއިރު، ޕްރޮގްރާމު ބެހިގެން ވަނީ ތިން ޓަޔާ އަކަށެވެ. އެއީ އައިދަ (ބްރައުންޒް)، އަންތަރަ (ރިހި) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ.

އައިދަ އަށް ވާސިލްވުމަށް 500 ޕޮއިންޓު ބޭނުންވާއިރު އަންތަރަ އަށް ވާސިލް ވެވޭނީ 2،000 ޕޮއިންޓު ހަމަކޮށްގެންނެވެ. އަދި އަބާރަނަ އަށް ދިޔުމަށް 4،000 ޕޮއިންޓު ބޭނުންވެއެވެ.

މިއިން ކޮންމެ ދަރަޖައެއް ހާސިލްކުރާ ފަތުރުވެރިއަކަށް ވެސް އެފަތުރުވެރިއަކު ހާސިލްކުރާ ދަރަޖައަކާއި ގުޅޭ ހާއްސަ ފައިދާ ތަކެއް އެ ޕްރޮގްރާމްގައި ލިބެ އެވެ. ޕްރޮގްރާމްގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ހިދުމަތްތައް ވެސް އިތުރުވެގެންދާނެ އެވެ.

ބޯޑާ މައިލްސްގެ ޕާޓްނަރުން މެދުވެރިކޮށް ފަތުރުވެރިންނަށް ހާއްސަ ޑިސްކައުންޓް ތަކާއި ހިދުމަތްތައް ލިބޭނެއެވެ.

ބޯޑާ މައިލްސްގެ ޕާޓްނަރުންނަށް ވުމުގެ ފުރުސަތު ރެޖިސްޓާޑް ޓޫރިސްތު ފެސިލިޓީތަކަށާއި ވިޔަފާރިތަކަށް ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް