މުލަ މޯލްޑިވްސްއިން ތާރަފްކުރަނީ ސަންސްކްރީން ސްޕްރޭއެއް

މުލަ މޯލްޑިވްސްއިން ތާރަފްކުރަނީ، ސަންސްކްރީން ސްޕްރޭއެއް --- ފޮޓޯ/ މުލަ މޯލްޑިވްސް

މުލަ މޯލްޑިވްސް އިން އިރުގެ ރައްކާތެރިކަމަށް އެންމެ ފަހުން އެ ކުންފުނިން އުފައްދާފައިވާ ސަންސްކްރީން ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

އެ ކުންފުނިން ބުނީ އެއީ މުލަ އެސްޕީއެފް 30 ނޮން-އެރޮސޯލް މޮއިސްޗަރައިޒިން ސަންސްކްރީން ސްޕްރޭއެއް ކަމަށެވެ.

ފަސޭހައިން ލެވޭގޮތަށް ފަރުމާކޮށްފައިވާ ހަންގަނޑު ހިއްކުނަ ނުދޭ މި ސަންސްކްރީނުގައި ވިޓަމިން ސީ އާއި ނާރިޔާ ހިމެނިފައި ވާކަމަށް ވަނީ ބުނެފައެވެ. އަދި މިއީ ހަމުގެ ފުޅާ ދާއިރާއެއްގައި ރައްކާތެރިކަން ދޭ، ލުއި އަދި ހަމަށް ކާނާ ލިބޭ ފޯމިއުލާއެއް ކަމަށް މުލައިން ބުނެއެވެ.

އެ ޓީމުން ބުނީ މި ސްޕްރޭ އަކީ ބީއޯވީ (ބެގް-އޮން-ވޭލްވް) ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއް ކަމަށެވެ. މި ޓެކްނޮލޮޖީ އިން ފޯމިއުލާ އާއި ޕްރޮޕެލަންޓް ވަކިކޮށް، 360 ޑިގްރީގައި މެދުނުކެނޑި ސްޕްރޭ ކުރެވޭގޮތް ވަނީ ހަދައިދީފައެވެ.

އަދި މިއީ އަލިފާން ނުހިފާ އެއްޗަކަށްވުމާއެކު، އެއްވެސް ނުރައްކަލެއް ނެތި ވައިގެ މަގުން އުފުލޭނެ އެއްޗެއް ކަމަށް މުލަ ޓީމުން ބުނެއެވެ.

"އަޅުގަނޑުމެންގެ ސަންކެއާ ރޭންޖަށް މި އުފާވެރި އިތުރުވުން ފާހަގަކުރުމުގެ ގޮތުން، އަޅުގަނޑުމެން މި އުފެއްދުން މާލެ އާއި ހުޅުމާލޭގެ މަގުތަކަށް ނެރުނީ ވަރަށް ހިތްވަރުގަދަ އަދި އުފެއްދުންތެރި ގޮތަކަށް." މުލަ މޯލްޑިވްސްގެ ޓީމުން ބުންޏެވެ.

މުލަ މޯލްޑިވްސްއިން ތާރަފްކުރަނީ، ސަންސްކްރީން ސްޕްރޭއެއް --- ފޮޓޯ/ މުލަ މޯލްޑިވްސް

މުލަ ޓީމުން ވަނީ އައު އެސްޕީއެފް 30 ސްޕްރޭގެ ލައިފް-ސައިޒް މޮޑެލެއް ވެހިކަލްއެއްގައި ބަހައްޓައިގެން ދައްކާލާފައެވެ. އެކަމުން މީހުންގެ ސަމާލުކަން ލިބި، ގޮނޑުދޮށުގައި ބޭނުންކުރުމަށް ކޮންމެހެން ބޭނުންވާ ޕްރޮޑަކްޓް ސީދާ ރައްޔިތުންނާ ހަމައަށް ގެންދެވުނު ކަމަށް މުލަ ޓީމުން ބުނެއެވެ.

"އަޅުގަނޑުމެން ބޭނުންވީ މި އުފެއްދުން ތަޢާރަފުކުރުމުގައި ވަރަށް ބޮޑު އަސަރެއް ކުރުވާލަން. ސީދާ މާނައިގައި އަދި ރަމްޒީ މާނައިގައިވެސް. މި އުފެއްދުން މިފަދަ ތަފާތު ގޮތަކަށް ހާމަކުރުމުން ރައްޔިތުންގެ ފަރާތުން ލިބުނު ޝައުޤުވެރިކަން ފެނުމުން ވަރަށް އުފާވެއްޖެ" މުލަ ޓީމުން ބުންޏެވެ.

މުލަ އެސްޕީއެފް 30 ނޮން-އެރޮސޯލް މޮއިސްޗަރައިޒިން ސަންސްކްރީން ސްޕްރޭ މިހާރު ވަނީ ވިއްކަން ފަށާފައެވެ. މި ޕްރޮޑަކްޓާއިއެކު ކަސްޓަމަރުންނަށް މަޖާކޮށް އަދި ރަނގަޅަށް މަސައްކަތްކުރާ އިރުގެ ރައްކާތެރިކަމެއް ލިބިގެންދާނެކަމަށް އެ ޓީމުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް