"ރޫމީ އާ ޖަންނަތު" ދައްކާނީ ޖަނަވަރީ 1 ގައި

ރޫމީ އާ ޖަންނަތު ދައްކާނީ އަންނަ މަހު އެއް ވަނަ ދުވަހު---

ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ "ރޫމީ އާ ޖަންނަތު" ރިލީޒްކުރާ ދުވަސް ހާމަކޮށްފި އެވެ.

އާ އަހަރާއެކު މި ވެބް ސީރީޒްގެ ފުރަތަމަ އެޕިސޯޑު އާންމުންނާ ހަމައަށް އަންނާނީ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު އެވެ. މި ސީރީޒްއަކީ ސިޓްކޮމެކެވެ. އައިޝަތު ފުއާދު ތައުފީގު އާއި އަހުމަދު ތަލާލް ގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ މި ސީރީޒަކީ އަލީ ޝިފާއު (ޗިއްޕެ) އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދޭ ވެބް ސީރީޒެކެވެ.

މީޑިއާނެޓްގެ "މައިޓީވީ" އިން ދެއްކުމަށް ހަމަޖެހިފައިވާ "ރޫމީ އާ ޖަންނަތު"ގެ ފުރަތަމަ އެޕިސޯޑް މުޅިން ހިލޭ ބަލާލެވޭނެ އެވެ. މީޑިއާނެޓްގެ މަލްޓިސްކްރީން އެޕް ގޫގުލް ޕްލޭ އަދި އެޕް ސްޓޯ އިން މިހާރު ޑައުންލޯންޑް ކުރެވޭނެ އެވެ.

ރޫމީ އާ ޖަންނަތުގެ ތަރިންނަކީ އަބްދުﷲ ޝާފިއު (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ރޯނު ހަސަން މަނިކު، މުހައްމަަދު ފައިސަލް، އަހުމަދު ސައީދުގެ އިތުރުން އާދަމް ރިޒްވީ (ރެކްސް)ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނިގެންދާނެ އެވެ.

comment ކޮމެންޓް