ޔޫއްޕެ ޕްރޮޑަކްޝަނުން ގެނެސްދޭ ޑްރާމާ "ހުވާކޮށްފާ ބުނަން" އަންނަ އާދިއްތަ ދުވަހު ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޑްރާމާގެ މަސައްކަތްތައް ނިމި އާދިއްތަ ދުވަހުގެ ރޭ ދައްކަން ތައްޔާރުވެފައިވާއިރު މި ޑްރާމާ އަކީ ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް ދެއްކުމަށް ހަމަޖެހިފައިވާ ޑްރާމާއެކެވެ. ބޮޑު ކާސްޓަކާއެކު ގެނެސްދޭ ހުވާކޮށްފާ ބުނަން އަކީ ޖުމުލަ ތިން ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ ޑްރާމާ ސީރީޒެކެވެ.
ޑްރާމާގެ ޓްރެއިލާ މިހާރު އާންމުކޮށްފައިރު މި ޑްރާމާ އަކީ ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ އެއްޗެކެވެ.
ޑްރާމާގެ މައިގަނު ތަރިންނަކީ އަހުމަދު ސައީދު، އަހުމަދު އީސާ (އާނަންދު)، މުހައްމަދު މުސްތަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ ޖަލީލް، ވާޝިޔާ މުހައްމަދުގެ އިތުރުން ނާޝިދާ (ނާއްކޮ) އެވެ.
ހުވާކޮށްފާ ބުނަން ވާހަކައަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ވާހަކައެކެވެ. އެ ޑްރާމާ ޑައިރެކްޓްކުރަނީ ވެސް އޭނާއެވެ. ކެމެރާކުރަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ޔޫއްޕެ ބުނީ މި ސީރީޒަކީ ހުރިހާ ރަހަތަކެއް ހެޔޮވަރަށް އެކުލެވިގެންވާ ސީރީޒެއް ކަމަށެވެ. ލޯތްބާއި އިޖުތިމާއީ މައްސަލަތައް ހުވާކޮށްފައި ބުނަން އިން ފެނިގެންދާއިރު ޔޫއްޕެ ބުނީ މިހާރުގެ މުޖުތަމައު އާ މި ސީރީޒް ވަރަށް ގުޅޭނެ ކަމަށްވެސް އޭނާ ބުންޏެވެ.