މަނަފަރު ރިސޯޓުގެ އިންޖީނުގެ އަނދާހުލިވެއްޖެ

ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު ރިސޯޓުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 3:35 ހާއިރު ކަމަށެވެ.

އަލިފާނ ްރޯވީ އިންޖީނުގޭގައި އުސްކޮށް ހަދާފައި ހުރި ގުނަދެއްގަ އެވެ. އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގައި ގެއްލުންވެފައިވަނީ ޖަނަރޭޓަރާއި ޕެނަލް ބޯޑުގެ އިތުރުން ޖެހިގެން ހުރި އިމާރާތުގައި ހުރި ފެން ޕްލާންޓަށް ކަމަށެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ނޮދާން އޭރިއާ، ކުޅުދުއްފުށި ފަޔާ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

ފަޔާ ޓީމަށް އަލިފާން ކޮންޓްރޯލް ކުރެވުނީ ފަތިހު 5:45 ހާއިރުގައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.

comment ކޮމެންޓް