ސްރީލަންކަން އިން މާލެ-ލަންޑަން ޑައިރެކްޓް ފްލައިޓު ފަށަނީ

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް -- ފޮޓޯ/ އިވާން ކޮރްޔަކޯވް (ޕްލޭންސްޕޮޓާޒް)

ސްރީލަންކަން އެއާލައިންސް އިން މާލެ އާއި އިނގިރޭސިވިލާތުގެ ލަންޑަނާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް ސްރީލަންކަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންޑަން ހީތްރޯ އެއާޕޯޓާ ދެމެދު ކުރާ ދަތުރުތައް ޑިސެމްބަރު 12 ގައި ފަށަން ތާވަލުކޮށްފައިވާއިރު އޭޕްރީލް މަހާ ހަމައަށް މި ދަތުރުތައް ކުރާނެއެވެ.

ސްރީލަންކަން އިން މާލެ-ލަންޑަން ހަފްތާ އަކު ދެ ފްލައިޓު ބާއްވާނެއެވެ.

ފަތުރުވެރިކަމުގެ ސީޒަނާ ދިިމާކޮށް ސްރީލަންކަން އިން މާލެ - ލަންޑަން ދަތުރުތައް ފަށާއިރު ބްރިޓިޝް އެއާވޭސް އިންވެސް ދަނީ މާލެ އާއި ލަންޑަނާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.

ސްރީލަންކަން އެއާލައިންސް އިން މާލެ އާއި ކޮލަމްބޯ އާ ދެމެދު ދަތުރުތައް މިހާރުވެސް ބާއްވާއިރު ދުނިޔޭގެ ބޮޑެތި ސިޓީތަކާއި މާލެ އާ ގުޅާލާފައިވެއެވެ. އެގޮތުން ލަންޑަނާ، ފްރޭންކފާޓް އަދި މިލާން ފަދަ ސިޓީތަކަށް ކަނެކްޝަން ފްލައިޓުތައް އެ އެއާލައިނުން ބާއްވައެވެ.

comment ކޮމެންޓް