13 އަހަރަށްފަހު ޝިލްޕާ އެނބުރި އަންނަ ފިލްމު "ނިކައްމާ" ގެ ޝޫޓިން ނިންމާލައިފި

ނިކައްމާގެ ޓީމު--

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޝިލްޕާ ޝެޓީ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ނިކައްމާ"ގެ ޝޫޓިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ތޭރަ އަހަރަށްފަހު ޝިލްޕާ ސްކްރީނަށް އަންނަ ފިލްމު ނިކައްމާ އަކީ ޑައިރެކްޓަރު ސަބީރު ޚާންގެ ފިލްމެކެވެ. މިދިޔަ އަހަރުތެރޭ ޝޫޓިން ފެށި މި ފިލްމު އަޅުވަން ކުރިން އޮތީ މިދިޔަ ޖޫން މަހުގައެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން ސިނަމާތައް ބަންދުކުރުމާ ގުޅިގެން ފިލްމު ސްކްރީންކުރުމަށް ޖާގަ ނުލިބުނީއެވެ.

ޝިލްޕާގެ އިތުރުން މި ފިލްމުން ފެނިގެންދާނީ އަބިމަންޔޫ ދައްސާނީ އާއި އާ ބަތަލާ ޝާލީ ސެތިއާއެވެ. ޝޫޓިން ނިންމާލުމަށްފަހު އިންސްޓަގްރާމްގައި އެކަން ހިއްސާކުރަމުން ޝިލްޕާ ބުނީ 13 އަހަރަށްފަހު ފިލްމެއްގެ މަސައްކަތް ކުރަންވުމުން ކޮންމެވެސް ވަރެއްގެ ދަތިކަންތައްތަކެއް ދިމާވި ކަމަށާއި ނަމަވެސް އެނބުރި އަންނަންވީ ވަގުތު އިހުސާސްވުމުން ފިލްމު ކުޅެން އެއްބަސްވީކަމަށެވެ.

ބަތަލާ ޝިލްޕާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެންދިޔައީ 2007 ވަނަ އަހަރު ނުކުތް ފިލްމު "އަޕްނޭ" އިންނެވެ. 1993 ވަނަ އަހަރު ޝާހްރުކް ޚާން އާއި ކާޖޮލް އެކުގައި ފެނިގެންދިޔަ "ބާޒީގަރް" އިން ބޮލީވުޑަށް ތައާރަފްވި ޝިލްޕާގެ އެންމެ މަގްބޫލު ފިލްމު ތަކުގެ ތެރޭގައި "ދަޅްކަން"، "ޕިރް މިލޭގީ"، "ދަސް" އަދި "ރިޝްތޭ" ފަދަ ފިލްމުތައް ހިމެނެއެވެ.

comment ކޮމެންޓް