ޔަހޫދީ އާއިލާއަކުން ނާޒީން އަތުލި ތަސްވީރު 83 އަހަރު ފަހުން އާއިލާއާ ހަވާލުކޮށްފި

ޔަހޫދީ އާއިލާއަކުން ނާޒީން އަތުލި ތަސްވީރު--

ޔަހޫދީ އާއިލާއެއްގެ އަތުން ނާޒީން އަތުލި ތަސްވީރު 83 އަހަރު ފަހުން އެ އާއިލާއާ ހަވާލުކޮށްފި އެވެ.

"ވިންޓާ"ގެ ނަމުން ނަން ދީފައިވާ އެ ތަސްވީރު ޔަހޫދީ އާއިލާއެއްކަމަށްވާ މޫސް އިން ގަތީ 1900 ވަނަ އަހަރު އާޓް އެގްޒިބިޝަނުންނެވެ.

ނަމަވެސް ޖަރުމަނުގެ ވެރިކަމަށް އެޑޮލްފް ހިޓްލަރު އައުމާއެކު އެ އައިލާ ވަނީ ޖަރުމަނު ދޫކޮށްގޮސްފަ އެވެ.

އޭގެ ފަހުން އެ އާއިލާގެ ހުރިހާ މުދާތަކެއް ނާޒީން އަތުލިއިރު އެ ތަސްވީރުވެސް އަތުލި އެވެެ.

އެ ތަސްވީރުގައި ފެންނަނީ 19 ވަނަ ގަރުނުގައި ފިނި މޫސުމުގައި އަންހެނަކާއި ފިރިހެނަކު ހިނގައިފައިދާ ތަނެވެ.

އެ ތަސްވީރު އެންމެ ފަހުން އޮތީ އެމެރިކާގެ އާރުކެލް މިއުޒިއަމްގަ އެެވެ. ނަމަވެސް އެއީ ނާޒީން ވަގަށް ނަގާފައިވާ އެއްޗެއްކަން އެނގުމުން އެ ތަސްވީރު އެމެރިކާގެ އެފްބީއައިގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ޖަރުމަނުގައި ދިރިއުޅުނު މޫސްގެ އާއިލާއަކީ ޖަރުމަނުގެ ބާލިންގެ މަޝްހޫރު އާއިލާއެކެވެ. އެ އާއިލާއިން ވަނީ އެދުވަސްވަރުގެ އެންމެ މަޝްހޫރު ނޫސް ބާލިނާ ތަބެގްލާތު ކިޔާ ނޫހެއް ވެސް ނެރެފަ އެވެ.

ހިޓްލަރު ވެރިކަމަށް އައުމާއެކު އެ އާއިލާއިން ބަދަލުވީ އެމެރިކާއަށެވެ. ކަން ދިމާކުރި ގޮތުން އެ އާއިލާގެ އަތުން ގެއްލުނު ތަސްވީރު ވެސް ފެނުނީ އެމެރިކާއިން އެވެ.--- އޭޕީ--

comment ކޮމެންޓް