Ooredoo
Dhiraagu

ޗައިނާއިން ދުވަސްވީ މީހުންނަށް ހާއްސަ ރޭލު ފްލީޓެއް ތައާރަފުކުރަނީ

ޗައިނާއިން ދުވަސްވީ މީހުންނަށް ހާއްސަ ރޭލު ފްލީޓެއް ތައާރަފުކުރަނީ

ފަސޭހަ ކަމާއެކު ދަތުރު ކުރެވޭ ގޮތަކަށް ފަރުމާކޮށް ޗައިނާގައި ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޚާއްސަ ރޭލު ފްލީޓެއް ތައާރަފުކުރުމަށް ތައްޔާރުވެއްޖެއެވެ.

ADK GENERAl

"ސިލްވާ ޓްރެއިންސް"ގެ ނަމުގައި ތައާރަފުކުރާ ޚާއްސަ ރެއިލު ފްލީޓަކީ ވަރަށް ރަނގަޅު ކޮލިޓީގައި ޒަމާނީކޮށް ތައްޔާރު ކުރާ ރޭލުގެ ފްލީޓެކެވެ. މި ފްލީޓަކީ ޗައިނާގެ ސަރުކާރުން ޚަރަދުކޮށްގެން އުފައްދާ ޚާއްސަ ފްލީޓެކެވެ. މި ފްލީޓުގައި ދަތުރު ކުރާނީ ޗައިނާގެ ދުވަސްވީ މީހުންގެ އާބާދީގައެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ޗައިނާގައި ދުވަސްވީ މީހުންގެ އާބާދީ ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއާއެކު މި އާބާދީއަށް އަމާޒުކޮށްގެން ހާއްސަ ފްލީޓެއް ގާއިމު ކުރަނީ ދުވަސްވީ މީހުން ދަތުރު ކުރުމަށް ބާރުއަޅައި ދަތުރު ކުރުމަށް ޚަރަދު ކުރާ މިންވަރު ގިނަކޮށް މާކެޓެއް އުފެއްދުމުގެ ބޭނުމުގައެވެ.

ބަލާލަން ރީތި ވުމުގެ އިތުރުން މި ރޭލުތަކަކީ އެތައް ގިނަ ވަސީލަތްތަކެއް ހުންނާނެ ރޭލުތަކެކެވެ. އޭގެތެރޭގައި އޮކްސިޖަން ފުޅިތަކާއި ޚާއްސަ އިމާޖެންސީ ފިތްތަކުގެ އިތުރުން ސިއްހީ ދާއިރާގެ މުވައްޒަފުން ރޭލުގައި ހަރަކާތްތެރުވުން ފަދަ ޚިދުމަތްތައް ހިމެނެއެވެ. މި ރޭލަކީ އިމާޖެންސީތަކުގައި ދުވަސްވީ މީހުން ސިއްހީ ފަރުވާ ދޭ ސަރަހައްދުތަކަށް ފޯރުކޮށްދިނުމަށް ވެސް އެހީތެރިވެދޭނެ ގޮތަށް ވަސީލަތްތައް ގާއިމުކޮށްފައިވާ ރޭލުތަކެކެވެ.

މި ރޭލުތަކަކީ ދުވަސްވީ މީހުންނަށް އަތް ފޯރާ ފަށުގައި ދަތުރު ކުރެވޭނެ މަގުތަކެއް ގާއިމުކޮށްދޭނެ ނިޒާމަކަށް ވާނެ ކަމަށް ޗައިނާގެ ސަރުކާރުން ހިންގާ ޓެބްލޮއިޑް "ގްލޯބަލް ޓައިމްސް"އިން ވަނީ ބުނެފައެވެ.

ގްލޯބަލް ޓައިމްސް އިން ބުނާގޮތުގައި މި ޚިދުމަތް ފަށާނީ ހުރިހާ ސަރަހައްދަކަށް އެކުގައެވެ. މި ޚިދުމަތް ތައާރަފު ކުރުމަށް ހަމަޖެހިފައިވަނީ 2027ވަނަ އަހަރުގެ ތެރޭގައެވެ.

Redstar
comment ކޮމެންޓް

comment މަރިޔަމް

1 month 1 week ago

ޖައިޝަންގެ އާޓިކަލްތައް ވަރަށް ފުރިހަމަ. މިކަހަލަ ވާހަކަތައް ގިނަކޮށްދެއްވާ. އިންސާނިއްޔަތަށް އިފާވެރިކަން ގެނުވާ ވާހަކަތައް ވަރަށް ކިޔާހިތްވޭ.