އަޔޫޝްމަން އާއެކު ކުޅޭ ފިލްމުގެ ޝޫޓިން އަށް ވާނީ ޗަންދީގަރަށް

ބަތަލާ ވާނީ ކަޕޫރު--

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ވާނީ ކަޕޫރު 32، ކުރިއަށް އޮތް ފިލްމުގެ ޝޫޓިން އަށް ޗަންދީގަރަށް ގޮއްސިއެވެ.

ޑިމާންޑް ބޮޑު އެކްޓަރު އަޔޫޝްމަން ކުރާނާ ފިރިހެން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން އަށް ވާނީ ޗަންދީފަރަށް ދިޔައިރު އެ ސްޓޭޓަށް ގޮސް އޭނާ ކަރަންޓީން ޕްރޮޓޮކޯލްއަށް ފޮލޯކުރާނެއެވެ. ކެދާނަތުގެ ޑައިރެކްޓަރު އަބީޝޭކް ކަޕޫރު ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިން އަށް ވާނީ ދިޔައީ އަކްޝޭ ކުމާރު އާއެކު ބަތަލާ ފެނިގެންދާ "ބެލްބޮޓަމް"ގެ ޝޫޓިން އެއްކޮށް ނިންމާލުމަށްފަހުއެވެ.

ވާނީ ބުނީ އަބީޝޭކްގެ ފިލްމަކުން ފުރުސަތު ލިބުމަކީ އޭނާ އަބަދު ވެސް ދެކުނު ހުވަފެނެއް ކަމަށާއި އަބަދުވެސް އޭނާއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އަޔޫޝްމަން އަކީ ހުނަރުވެރި އެކްޓާރެއް ކަމަށާއި އޭނައާ އެކުގައި ފިލްމަކުން ފެނިލަން ލިބުމުން ވަރަށް އުފާވާކަމަށެވެ.

މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. އަދި މި ފިލްމުވެގެންދާނީ އަޔޫޝްމަން އާއި ވާނީ ދެމީހުން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ފިލްމުގެ ނަން އަދި ހާމަކޮށްފައިނުވާއިރު މި ފިލްމު ކުޅުމަށް އަޔޫޝްމަންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބަތަލާ ވާނީ ބޮލީވުޑަށް ތައާރަފްވީ 2013 ވަނަ އަހަރު ނުކުތް ފިލްމު "ޝުދް ދޭސީ ރޮމޭންސް" އިންނެވެ. ބަތަލު އަޔޫޝްމަން ބޮލީވުޑަށް ތައަރަފްވީ ޔަމީ ގޯތަމް އާއެކު ވިކީ ޑޯނާ އިންނެވެ.

comment ކޮމެންޓް