ޙުޝީ، ވެދާންތާ ރުޅިވީތަ؟

ބޮލީވުޑްގެ ޒުވާން ފިލްމީ ތަރިން ކަމަށްވާ ޚުޝީ ކަޕޫރު އަދި ވެދާންގް ރައިނާގެ މެދުގައި އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ފިލްމުފެއާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ދެ ތަރިންގެ ދެ އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް އައިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

މި ދެތަރިންގެ ލޯބީގެ ގުޅުން ފެށުނީ އެކީގައި މަސައްކަތްކުރި ނެޓްފްލިކްސްގެ ފިލްމު "ދި އާޗީސް" ކުޅުނު ދުވަސްވަރެވެ. އޭގެ ފަހުން ޚުޝީއާއި ވެދާންގް އެކީގައި ފިލްމީ ހަފުލާތަކުންނާއި ދެ އާއިލާއިން ބާއްވާ އެކިއެކި ހަފުލާތަކުން ފެނުނު ނަމަވެސް ދެ މީހުންގެ މެދުގައި އޮތް ޚާއްސަ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކާފައެއް ނުވެއެވެ.

ޚުޝީ އާއި ވެދާންތް އެކީގައި ބައިވެރިވި ފެޝަން ޝޯއެއްގެ ފޮޓޯ ޝޫޓްގައި ދެ ތަރިން ބައިވެރިވެފައި--ފޮޓޯ/ޕިންކްވިލާ

އެހެންވެ، ދެ ތަރިންގެ މެދުގައި އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައުމުން ވެސް އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައިނުވާ ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ. ޚުޝީއާއި ވެދާންގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ކަމަށް މީޑިއާތަކުން ބުނެފައިވާއިރު މިދިޔަ ނޮވެންބަރު މަހު ފާހަގަކުރި ޚުޝީގެ އުފަންދުވަހުގެ ޚާއްސަ ހަފުލާގައި ވެސް ވެދާންގް ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން، މިދިޔަ މަހު ކްރިސްމަސް ފާހަގަކުރުމަށް ޑައިރެކްޓަރު ޒީޔާ އަހްތަރުގެ ގޭގައި ބޭއްވި ޕާޓީގައި ވެސް ވެދާންގްއާއި ޚުޝީ ވަނީ ބައިވެރިވެފައެވެ. ނަމަވެސް، އެ ޕާޓީއަށް ދެ ތަރިން ވެސް ދިޔައީ ވަކިން އެހެން ރަހުމަތްތެރިންނާ އެކުއެވެ.

ޚުޝީއަކީ ކުރީގެ ބަތަލާ ސްރީދޭވީ އަދި މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ހަގު ދަރިފުޅެވެ. ޚުޝީގެ ދައްތަ ޖާންވީ ކަޕޫރަކީ ބޮލީވުޑްގެ އެންމެ މަގުބޫލު ޒުވާން ބަތަލާއިންގެ ތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ.

comment ކޮމެންޓް