ހުވާކޮށްފާ ބުނަން ގެ ޓްރެއިލާ ދައްކާލައިފި

ހުވާކޮށްފާ ބުނަން ގެ ޕޯސްޓަރެއް---

ޖުމްލަ ތިން ސީޒަނަކަށް ބަހާލައިގެން ޔޫއްޕެ ޕްރޮޑަކްޝަނުން ގެނެސްދޭ ޑްރާމާ "ހުވާކޮށްފާ ބުނަން"ގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ޓްރެއިލާގެ ފުރަތަމަކޮޅުން ފެނިގެންދިޔައިރު ޓްރެއިލާއިން ފެންނަމުން ޓްރެއިލާގެ ފަހުކޮޅު ވަރަށް އިންޓެންސްއެވެ. ޝައުގުވެރިކޮށް ޓްރެއިލާ ނިމިގެންދިޔައިރު މި ޑްރާމާގައި ވާ ގޮތެއް ބަލަން ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ. ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ މި ޑްރާމާގެ މައިގަނު ތަރިންނަކީ އަހުމަދު ސައީދު، އަހުމަދު އީސާ (އާނަންދު)، މުހައްމަދު މުސްތަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝީޔާގެ އިތުރުން ނާޝިދާ (ނާއްކޮ) އެވެ.

ހުވާކޮށްފާ ބުނަން ވާހަކައަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ވާހަކައެކެވެ. އެ ޑްރާމާ ޑައިރެކްޓްކުރަނީ ވެސް އޭނާއެވެ. ކެމެރާކުރަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

ޔޫއްޕެ މީގެ ކުރިން ސަން އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ޑްރާމާއަކީ 26 އެޕިސޯޑުގެ މައްޗަށް އުފައްދާ ސީރީޒެއް ކަމަށާއި މި ސީރީޒަކީ ހުރިހާ ރަހަތަކެއް ހެޔޮވަރަށް އެކުލެވިގެންވާ ސީރީޒެއް ކަމަށެވެ. ލޯތްބާއި އިޖުތިމާއީ މައްސަލަތައް ހުވާކޮށްފައި ބުނަން އިން ފެނިގެންދާއިރު ޔޫއްޕެ ބުނީ މިހާރުގެ މުޖުތަމައު އާ މި ސީރީޒް ވަރަށް ގުޅޭނެ ކަމަށެވެ.

comment ކޮމެންޓް