Ooredoo
Ooredoo

އާޝާ އާއި ޖުމާގެ "ގުނަމުން މިދާ" ބެލިންތަ؟

ލަވައިގެ ޕޯސްޓަރެއް---

ޑާކްރެއިންގެ "ގޮށްރާޅު" އިން ފިލްމީ ދާއިރާއަށް ތައާރަފްވި ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އާއި އިސްމާއިލް ޖުމައިހް (ޖުމާ)ގެ ފަރި ހަރަކާތްތައް ފެނިގެންދާ ލަވަ "ގުނަމުން މިދާ" ލަވައިގެ ވީޑިއޯ ލަވަ ދައްކާލައިފި އެވެ.

ADK GENERAl

މިދިޔަ ޖުލައި މަހުގެ ތެރޭ ޓޮނިކް ލައިވް ސްޓޫޑީއޯ އިން ވަނީ މި ލަވައިގެ އޯޑިއޯ ނެރެފަ އެވެ. ބުދަ ދުވަހު މި ލަވައިގެ ވީޑިއޯ ލަވަ ނެރުނުއިރު ލަވައަށް އާންމުންގެ ތަރުހީބު އަންނަނީ ލިބެމުންނެވެ. އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އަޝްފާގެ ހިތްހައިމު އަޑުން އިވިގެންދާ މި ލަވައަކީ މަޑުމައިތިރި ލޯބީގެ ލަވައެކެވެ.

ލައިޓް އައުޓް ޕްރޮޑަކްޝަނުން މި ލަވައިގެ ވީޑިއޯ ގެނެސްދީފައިވާއިރު ލަވަ ޑައިރެކްޓްކޮށްފައިވަނީ އައްބެއެވެ. ލަވައިގެން ފެނިގެންދާ ތަރިންގެ މޭކަޕް ސޭންޑީ ކޮށްދީފައިވާއިރު ކޮސްޓިއުމް ޑިޒައިންކޮށްދީފައި ވަނީ ލުސިޑް ޑްރީމްސް އާއި ސޭންޑީ އެވެ.

Redstar
comment ކޮމެންޓް

comment ސްޕޭސް

5 year 6 month ago

ވީޑިއޯވެސް އޯޑިއޯ ވެސްވަރަށްހުތުރު

comment ރިިން

5 year 6 month ago

ވ .ލަދު މީދިވެހިންނޭ ބުނަންވެސް.މީތަންފުކެއް ބޮދުވަރު

comment ޝާއިފާ

5 year 6 month ago

މީ ލާދީނީ ސަރުކާރުތައް އޮތުމުގެ ނަތީޖާ..

comment ާފަތަފޮޅިބެ

5 year 6 month ago

ސްޕޮންޒުބުރި

comment ބޯށިމާ

5 year 6 month ago

ޢައުރަ ކަޝްފުކުރިވަރަކަށް ލަވައިގެ ފޯރިގަދަވާކަން ސަންއަށް ނޭނގުނީތޯ ނުވަތަ އެނގިހުރެމެ މި ކޮމެންޓް ލިބިގަތުމަށް މަސައްކަތްކުރީތޯ. ދިވެހިން މުސްލިމް ސަގާފަތެއްގެ ހިޔަލުގައި އުޅެގެން އައިރުމުސްލިމުންގެ ހަރަކާތްތއަް ބަލަމުން ކޮޕީކުރަމުންގޮސް އަދި އަރުވާލާނީކީ މިވަރެއްނޫން.

comment އިބިލީސް

5 year 6 month ago

އޮރިޔާން ވުމަކީ ލަވަރީތިވާާާާާ ކަމެއް ނޫންް ނަށަން ނޭނގޭ ދިވެހިން މިވަނީ އޮރިޔާން ނަށަން ދަސްކޮއްބަލަ އަރަބިން ކާރިން ނޭނގޭނެ އެހެން ތަޅުވާލާކައް

comment ޝާނާ

5 year 6 month ago

ދިވެހި ލަވައެއް މިހާ ފުރިހަމަ ލަވައެއްނުދެކެން ވ ވ ފުރިހަމަ އުންމީދު ކުރަން ދިވެހި އުދަރެހުން މިފަދަ ފުރިހަމަ ކަން ފެނިގެން ދިއުން👍🏼

comment ހޮޑަރު

5 year 6 month ago

މިވެސް ހަމަ އޮރިޔާން ދޯ އެހެނަސް ކިޔާ ސީރީސްގެ މައްސަލަ އެންމެނައްވެސް ގޯސްވީ

comment ޝައިމް

5 year 6 month ago

ދިވެހި އަންހެނަކު ނިވާކަން ކުޑަ ހެދުމެއްގައި ފިލްމް ތަކާއި ލަވަތައް ކުޅެމުން ދަނީ ހަމަ ފީލިންސް އޭ މިކިޔާ އަސަރުތައް ގެންނަންބާއޭ ހިތަށް އަރާ މީގެ އިތުރުން ފިރިހެނުން ނިވާ ވެގެން ތިބެނީ ކީއްވެ ބާއޭ ވެސް ހިތަށް އަރާ.