ހަނިމާދޫ އަދި ހުޅުދެލީ ބަނދަރުގެ 20 ޕަސެންޓް ނިމިއްޖެ

ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އެމްޓީސީސީ

ހދ. ހަނިމާދޫ އަދި ދ. ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 20 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ހަނިމާދޫ ބަނދަރު މަޗްރޫއުގައި ހިމެނޭ ބަނދަރު ފުންކުރުމުގެ 43 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 31,576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

އަދި 2،583 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މިއީ 57.12 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހުޅުދެލި ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީއިން ބުނީ ހުޅުދެލީ ފަޅު ފުންކުރުމުގެ 26 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 45،585 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 277 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

އަދި 2،160 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.

މިއީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

comment ކޮމެންޓް