ކޮވިޑް ތެރޭ އީލޯން މަސްކުގެ މުއްސަނދިކަން 32 ބިލިއަނުން 115 ބިލިއަނަށް އަރައިިފި

ބިލިއަނަރު އީލޯން މަސްކް--

ނިއުޔޯކް/ސީއެންއެން (ސެޕްޓެމްބަރު1)-- މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ އެކެ އެތައް ބަޔަކު ފަގީރުވެ އިނދަޖެހުނު ނަމަވެސް އެމެރިކާގެ ޓެސްލާ ކުންފުނީގެ ސީއީއޯ އީލޯން މަސްކުގެ މުއްސަނދިކަން 32 ބިލިއަނުން 115 ބިލިއަނަށް އަރައިިފި އެވެ .

އެއާ އެކު އޭނާގެ މުއްސަނދިކަން ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގްއަށް ވުރެ ވެސް މިހާާރު ވަނީ ކުރިއަށް ޖެހިފަ އެވެ.

އީލޯންއަކީ މިހާރު މުޅި ދުނިޔޭގައި ވެސް ތިން ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.

މިހާރު ދުނިޔޭގައި އެންމެ މުއްސަނދި މީހަކީ އެމޭޒަންގެ ސީއީއޯ ޖެފް ބެޒޯޒް އަދި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްއެވެެ.

އީލޯން މަސްކަކީ އެތަކެއް ކުންފުނިތަކެއްގެ ފައުންޑާ ވެސްމެެ އެވެ. އޭގެ ތެރޭގައި ސްޕޭސްއެކްސް، ދަ ބޯރިން، ހައިޕަލޫޕް އަދި އޯޕަންއޭއައި ހިމެނެ އެވެ.

އީލޯންގެ މުއްސަނދިކަން މި އަހަރު އެހާ ބޮޑަށް އިތުރުވީ އޭނާގެ ކުންފުނި ޓެސްލާގެ ސްޓޮކް 500 ޕަސެންޓް އިތުރުވުމުންނެވެ. އެ ކުންފުނީގެ މުއްސަނދިކަން މިހާރު ވަނީ 475 ބިލިއަނަށް އަރައިފަ އެވެ.

ޓެސްލާ ކުންފުނީގެ 18 ޕަސެންޓް ހިއްސާ އީލޯންގެ އޮވެ އެވެ. އަދި ޓެސްލާގެ ސްޓޮކްގެ އަގު އެތައް ތަނެއް މައްޗަށް އެރުމާ އެކު އީލޯންގެ މުއްސަނދިކަން ވަނީ 90 ބިލިއަނަށް ވުރެ މައްޗަށް ޖެހިފަ އެވެ.

ބްލޫމްބާގް އަދި ފޯބްސް އިން ލަފާކުރާ ގޮތުގައި އީލޯންގެ މުއްސަނދިކަން މި އަހަރު ޖެނުއަރީ މަހު ހުރީ 32 ބިލިއަން ޑޮލަރުގަ އެވެ.--- ސީއެންއެން--

comment ކޮމެންޓް