އާ އައިފޯންގައި 120 ހާޓްސްގެ ޑިސްޕްލޭއެއް

އާ އަައިފޯންގައި ރިފްރެޝް ރޭޓް ބަދަލުކުރުމަށްޓަކައި ހާއްސަ ބަޓަން އެއް ---

އެޕަލް އިން މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އާ އައިފޯނުގައި ބޭނުންކުރާ ސްކްރީނަކީ 120 ހާޓްސް ރިފްރެޝް ރޭޓް ސްކްރީނެއްކަން އެންމެ ފަހުގެ ލީކުން ކަށަވަރުވެއްޖެ އެވެ.

މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އާ އައިފޯން ނުވަތަ އައިފޯން 12 އާންމުކުރުމަށް ގާތްވަމުންދާއިރު އެ ފޯނާ ގުޅޭ ހުރިހާ މައުލޫމާތެއް ދަނީ އާންމުވަމުންނެވެ. އެހެންނަމަވެސް ފޯނުގެ ޑިސްޕްލޭއާ ގުޅޭ ގޮތުން ކަށަވަރުވާ މައުލޫމާތެއް މީގެކުރީން އާންމުވެފައެއް ނުވެ އެވެ.

އަލަށް އާންމުވި ލީކެއްގައި އާ އައިފޯންގެ ސްކްރީންގެ އޮމާންކަން އިތުރުކުރުމަށް ޓަކައި 120 ހާޓްސް އަށް ބަދަލުކުރުމުގެ ހިދުމަތް އިންނާނެ އެވެ.

އެ ޓެކްނޮލޮޖީއަކީ އާ ޓެކްނޮލޮޖީއެއް ނޫނެވެ. ގިނަ ފޯނު ކުންފުނީގެ ފޯނުތަކުގައި އެ ޓެކްނޮލޮޖީ އަންނަނީ ކުރީން ވެސް ބޭނުން ކުރަމުންނެވެ. އެހެންނަމަވެސް 60 ހާޓްސްގެ ރިފްރެޝް ރޭޓް ސްކްރީނެއް ބޭނުންކުރަމުން އައި އެންމެ ފަހު ފްލެގްޝިޕް ފޯނަށް އެޕަލްގެ އައިފޯން ވެގެން ދިޔުން އެކަށީގެންވެ އެވެ.

ނަމަވެސް އަލަށް އާންމުވި ލީކް އަކީ ރީޓެއިލް ޕްރޮޑަކްޓުގެ ހިދުމަތެއް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ. ލީކުން އާންމުވާ ހިދުމަތަކީ ޓެސްޓް ބެޗް ފޯނަކުން އާންމުވި ހިދުމަތެކެވެ. އެހެންނަމަވެސް އެ ހިދުމަތް އެޕަލް އިން ނަގާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

މިއަހަރުގެ އައިފޯންއަކީ އެޕަލްގެ ކުރީގެ އައިފޯންގެ ޑިޒައިންތަކާ ގުޅުން ހުރި ފޯނުތަކަށް ވާނެ ކަމަށް ލީކްތަކުން ދައްކައެވެ. އައިފޯން 12ގެ ޑިޒައިން ހުންނާނީ އައިފޯން 4 ސީރީޒްގެ ފޯނުތަކާ ދާދި އެއްގޮތަކަށް ކަމަށް ލީކުތަކުގައި ބުނެ އެވެ.

އާ އައިފޯން ނެރޭނެ ތާރީހު މިއަހަރު ވަނީ ލަސްކޮށްފަ އެެވެ. އެގޮތުން އަންމުކޮށް އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ލޯންޗުކުރާ އައިފޯނުތައް މިއަހަރު ނެރޭނީ ނޮވެމްބަރު މަހުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅުގައި ކަމަށް އެޕަލް އިން އިޝާރާތްކޮށްފައިވެ އެވެ.

comment ކޮމެންޓް