ލޯބިވެވިއްޖެ ޕްރޮމޯޝަން ލަވަ ފިލްމުގެ ތަރިންގެ އަޑުން

ލޯބިވެވިއްޖެގެ ޕްރޮމޯޝަން ލަވަ ކިޔާފައިވަނީ ފިލްމުގެ ތަރިން--

ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަންސް ލޯންޗުކުރި ފިލްމު ލޯބިވެވިއްޖެގެ ޕްރޮމޯޝަން ލަވަ ކިޔާފައިވަނީ އެ ފިލްމުގެ ތަރިންގެ އަޑުން ކަމަށް ޑައިރެކްޓަރު އަލީ ސީޒަން ބުނެފިއެވެ.

ލަވައިގެ ރެކޯޑިން މިހާރު ނިންމާފައިވާއިރު އެ ލަވަ ކިޔާފައިވާ ތަރިންނަކީ އަލީ އާޒިމް (ދޮންއައްޔަ) އަބްދުﷲ ޝާފިއު (ފުބޫ) އަހުމަދު ނިމާލް، އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު)، މަރިޔަމް ރިޝްފާ އަދި އަލީ ސީޒަންއެވެ. ސީޒަން ބުނީ މި ލަވައިގެ މެލޮޑީ އަދި ރިލިކްސް ހަދާފައިވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވޭ) ކަމަށާއި މިއުޒިކު ތައްޔާރުކޮށް ދިނީ ކުޑަ އިއްބެކަމަށެވެ.

އޭނާ ބުނީ އެންމެ ފުރަތަމަ ރިލީޒްކުރާނީ މި ފިލްމުގެ އޯޑިއޯ ލަވަ ކަމަށާއި އޯޑިއޯ ރިލީޒްކުރުމަށްފަހު ލަވައިގެ ވީޑިއޯ ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަވަސް މުސްތަގްބަލެއްގައި މި ލަވައިގެ އޯޑިއޯ ލަވަ ރިލީޒްކުރުމަށް ނިންމާފައިވާކަމަށްވެސް ސީޒަން ބުންޏެވެ.

comment ކޮމެންޓް